Advertisement

30 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދިވެހި ލީގު އޮގަސްޓު 1 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ފުޓުބޯޅަ ސީޒަނުގެ ކަލަންޑަރު ކުލަބުތަކާ ހިއްސާކޮށްފިއެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު މަހު ނިމުނު ދިވެހި ޕްރިމިއަ ލީގު ޝެޑިއުލްގައި ވާގޮތުން ދެން ފަށާނީ 1 އޯގަސްޓް 2024 ގައެވެ.

އެފްއޭއެމްއިން ކުލަބުތަކަށް ފޮނުވި ކަލަންޑަރުގައި ވާގޮތުން، މި އަހަރުގެ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ކްލަބް އީގަލްސްއެވެ.

އެންމެ ފުރަތަމަ ސީޒަން ފެށުމަށް އެފްއޭއެމްއިން ބޭނުންވީ މެއި މަހުއެވެ. ނަމަވެސް ކުލަބުތަކާ މަޝްވަރާ ކުރުމަށްފަހު، ކުލަބުތަކުން ސީޒަނަށް ތައްޔާރުވުމަށް ވަގުތު ބޭނުންވާތީ، ސީޒަން ފެށުން ޖޫން މަހަށް ލަސްކުރީއެވެ.

ދިވެހި ޕްރިމިއަ ލީގު އޮގަސްޓުގައި ފަށާއިރު، މި އަހަރު ލީގުގައި 10 ޓީމެއް ކުޅޭނެކަމަށް އެފްއޭއިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ ސީޒަނުގައި ކުޅުނު 8 ޓީމާއި، ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅުނު ވިކްޓަރީ ސްޕޯޓްސް ކްލަބާއި މަސްއޮޑި ސްޕޯޓްސް ކްލަބެވެ.

ފުޓުބޯޅަ ސީޒަނުގެ މުހިންމު ތާރީހުތައް:

20 މެއި - 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް

15 ޖޫން - ސީޒަން ހުޅުވާ މެޗު

22 ޖޫން - ޕްރެޒިޑެންޓްސް ކަޕް

1 ޖުލައި - 17 އަހަރުން ދަށުގެ ޔޫތު ކަޕް

1 އޮގަސްޓު - ދިވެހި ޕްރިމިއާ ލީގު

12 އޮގަސްޓު - 14 އަހަރުން ދަށުގެ ޔޫތު ލީގު

7 އޮކްޓޯބަރ - ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

28 އޮކްޓޯބަރ - އެފްއޭ ކަޕް

5 ޑިސެމްބަރ - ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.