Advertisement

ކްލަބް އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމު (މުފާ)

01 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މުފާ ތުހުމަތު ކުރަނީ އިންތިހާބުގެ ކަންތައްތަކުގައި ސްޕޯޓްސް ކޮމިޝަނަރ ވަކި ކޮޅަކަށް ޖެހިފައިވާކަމަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި،  ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލު ވަކިކޮޅަކަށް ޖެހިފައިވާކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ ކްލަބް އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމު (މުފާ) ތުހުމަތުކޮށްފިއެވެ.

ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މުފާ ވިދާޅުވީ، މި އިންތިހާބުގެ ކަންތައްތަކާއި ގުޅިގެން ސްޕޯޓް ކޮމިޝަނަރގެ އަމަލުތައް ހުރިގޮތުން، ކޮމިޝަނަރގެ މަސްއޫލިއްޔަތުތަކުން ބޭރުން މަސައްކަތްކޮށް، ވަކި ކެނޑިޑޭޓަކު އިންތިހާބުކުރަން މަސައްކަތްކުރާކަން ފާހަގަކުރެވޭ ކަމަށެވެ.

"މިކަމުގައި އަދި ބޮޑަށް ފެންނަނީ ސްޕޯޓްސް ކޮމިޝަނާ ވަކިކޮޅަކަށް ޖެހިގެން ތެޅިފޮޅިގެން އުޅޭތަން. ހީވާ ކަހަލަ ކްލަބްތަކުން ސިޓީގައި ސޮއި ކުރާނެ މީހާ އާއި ވޯޓްލާން ދާނެ މީހާ ވެސް ކަނޑައަޅަން ހުންނަ މަގާމެކޭ ސްޕޯޓްސް ކޮމިޝަނާގެ މަގާމަކީ،" މުފާ ވިދާޅުވެފައިވެއެވެ.

މުފާ މިހެން ވިދާޅުވީ، އިންތިހާބާ ގުޅިގެން ކްލަބް ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކޮށް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީއަށް ފޮނުވި ސިޓީއަކީ ސައްޙަ ސިޓީއެއްކަން އެންގުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ދީފައިވާ ލިޔުމެއް ވެސް އެ ކޮމިޓީއަށް ހުށަހަޅާފައިވާތީއެވެ.

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާން ކެންޑިޑެސީ ހުށަހަޅާއިރު، ފުރަތަމަ ޑިވިޝަނުގެ ތިން ޓީމެއްގެ ތާއީދު އޮތްކަން ކަށަވަރުކުރަން ޖެހެއެވެ. އެގޮތުން މި އިންތިހާބަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުން ވެސް، ވެލެންސިއާގެ ތާއީދު ސިޓީ ވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން ކްލަބް ވެލެންސިއާއިން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނާ ގޮތުން، އެފްއޭއެމްގެ ރައީސަކަށް ގެނައުމަށް އެ ކްލަބުން ތާއީދުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހްމަދު ޠާރިގު (ޓޮމް) އަށެވެ. އަދި އެ ކްލަބުން މި ގޮތަށް ނިންމީ، މި މަގާމަށް އެންމެ ގާބިލް ބޭފުޅަކީ ޓޮމްކަމަށްވެފައި، ފުޓުބޯޅަ ކުރިއެރުވުމަށް އެކަށޭނަ މަސައްކަތްތަކެއް ކުރެވޭނެ ބޭފުޅަކީ ވެސް ޓޮމްކަމަށް އެ ކްލަބުން ގަބޫލު ކުރާތީ ކަމުގައި އެ ސިޓީގައި ވެއެވެ.

ސޯޝަލް މީޑީއާގައި ޓޮމް ހިއްސާކުރައްވާފައިވާ ގޮތުގައި، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް، މުފާ ހުށަހަޅުއްވާފައިވާ ކްލަބް ވެލެންސިއާގެ ތާއީދު ސިޓީއަކީ ފޯޖުކޮށްފައިވާ ސިޓީއެކެވެ.

މިކަމަށް ރައްދު ދެއްވައި މުފާ ވިދާޅުވީ، އޭނާ ހުށަހަޅާފައިވާ ވެލެންސިއާގެ ތާއީދު ސިޓީއަކީ "ފޯޖް" ކޮށްފައިވާ ސިޓީއެއް ކަމަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ތަހުގީގުން ސާފު ވާނެކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.