Advertisement

29 Mar 2024
ކުޅިވަރު

ޖުމްލަ 1.6 މިލިއަންގެ ދަރަންޏެއް ދެއްކުމަށް އެފްއޭއެމްއަށް ހުކުމްކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކައިގެން، އެ ހޮޓެލް ނިސްބަތްވާ ކުންފުނިން ކުރި ދައުވާއަކަށް ބިނާކޮށް، އެފްއޭއެމްގެ މައްޗަށް ބޮޑު ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

ބީހައިވް ހޮޓެލްސް ކުންފުނިން ކުރި ދައުވާއާ ގުޅިގެން، ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެފްއޭއެމްއިން އެ ކުންފުންޏަށް ދޭންޖެހޭ ކަމަށް ބުނާ 102،186 ޔޫއެސް ޑޮލަރަކީ (1.6 މިލިއަން ރުފިޔާ) އެފްއޭއެމްއިން ދައްކަންޖެހޭކަމަށް ސާބިތުވާ ދަރަންޏެއް ކަމަށެވެ. އެހެންކަމުން، ބުރާސްފަތި ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދައްކަންޖެހޭނެކަމަށް ހުކުމުގައި ބުނެފައި ވެއެވެ

މީގެ އިތުރުން، މި ފައިސާ ނުލިބި ހިނގާ ކޮންމެ ދުވަހަކަށް ގެއްލުމުގެ ގޮތުގައި %2 ގެ ފައިސާ އެއްފަހަރާ ދެއްކުމަށް ވެސް ބީހައިވް ހޮޓެލްސް ކުންފުނިން އެދިފައި ވެއެވެ. ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ބަދަލު ނަގައިދިނުމުގެ ވާހަކަ ހިމަނާފައެއް ނުވެއެވެ

ހުކުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެފްއޭއެމްގެ މައްޗަށް ސާބިތުވާ ދަރަންޏަކީ އެ އިދާރާއިން ދައްކަންޖެހޭ ފައިސާއެއްކަމަށް އެއްބަސްވި ނަމަވެސް، ބަދަލުގެ ގޮތުގައި އެ ބުނާ އިންސައްތަ ދޭންޖެހޭނެ ކަމަކަށް އެ އިދާރައެއް އެއްބަހެއް ނުވެއެވެ. މިކަމުގެ ސަބަބަކީ، އެ މިންވަރަކީ ދުވާލެއްގެ މައްޗަށް ބޮޑު އަދަދެއް ކަމުގައިވުމާއި، %2 ގެ ގެއްލުމެއް އެ ކުންފުންޏަށް ވާނެ ގޮތެއް ބަޔާންކޮށްފައި ނުވުމެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.