Advertisement

23 Feb 2024
ކުޅިވަރު

އެފްއޭއެމުން މުފާ އިސްތިއުފާ ދީފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމެޓީ (އެކްސްކޯ)ގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރި މުފާވިޒު ހާޝިމް (މުފާ) އެ މަގާމުން އިސްތިއުފާ ދީފިއެވެ. މުފާއަކީ އެފްއޭއެމްގެ މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލުގެ ފުރަތަމަ ދައުރުގައި ވެސް އެކްސްކޯ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތެކެވެ.

މުފާއަކީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރި އެފްއޭއެމްގެ އިންތިހާބުގައި ވެސް ވާދަކުރުމަށް ކުރިމަތިލި ފަރާތެކެވެ. ނަމަވެސް އިންތިހާބުގެ ކަންތައްތައް ކުރިޔަށް ދިޔަ ގޮތާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އެ އިންތިހާބު ކުރިޔަށް ނުގެންގޮސް ހުއްޓާލުމަށް އޭއެފްސީ އާއި ފީފާއިން ވެސް ވަނީ އަންގާފައެވެ. އަދި އިންތިހާބު އިތުރަށް ކުރިޔަށް ގެންދެވޭނީ، އެފްއޭއެމް ހިންގުމުގައި ހުރި އިދާރީ ބައެއްކަންކަން ރަގަޅު ކުރުމަށްފަހުގައިކަމަށް އެ އިދާރާތަކުން ވަނީ އަންގާފައެވެ

އެފްއޭއެމްގެ އިދާރީ މައްސަލަތައް ހައްލު ކުރުމަށް މި މަހު ވަނީ އެ އެސޯސިއޭޝަންގެ ކޮމެޓީތައް އެކުލަވާލުމުގެ އިންތިހާބު ބާއްވާފައެވެ. ދެން އޮތީ އިންތިހާބު އަލުން ބޭއްވުމަށް އިއުލާންކުރުމެވެ. އެ އިންތިހާބުގައި ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ ނޫސްވެރިއަކު ކުރި ސުވާލުގައި މުފާ ބުނެފައިވަނީ އެކަން އެނގޭނީ އިންތިހާބު އިއުލާންކުރުމުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.