Advertisement

22 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެފްއޭއެމްގެ އިންތިހާބު އަނެއްކާ ވެސް މަޑުޖައްސާލައިފި

ދުނިޔޭގެ މައި ފުޓުބޯޅަ އިދާރާ، ފީފާއާއި، އޭޝިއާގެ ފުޓުބޯޅަ އިދާރާ، އޭއެފްސީއިން އަންގައިގެން ދެވަނަ ފަހަރަށް ތާވަލުކުރި އެފްއޭއެމްގެ އިންތިހާބުގެ ކަންކަން އަނެއްކާ ވެސް މަޑުޖައްސާލައިފިއެވެ. އިންތިހާބު މަޑުޖައްސާލުމަށް މި ފަހަރު އެންގީ އެފްއޭއެމްއާ ގުޅޭ މައްސަލަތަކެއް ފީފާ އާއި އޭއެފްސީއިން ބަލަމުން ދާތީއެވެ.

އެފްއޭއެމްގެ އިންތިހާބު ފުރަތަމަ ބޭއްވުމަށް ތާވަލުކުރީ މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުއެވެ. ނަމަވެސް އެފްއޭއެމްގެ އުސޫލާ އެއްގޮތަށް އިލެކްޓޯރަލް ކޮމިޓީތައް އައްޔަނުކޮށްފައި ނެތުމުން، އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ފީފާއާއި އޭއެފްސީއިން އެންގިއެވެ.

އެއަށްފަހު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި މި ކޮމެޓީތައް އެކުލަވާލިއެވެ. އަދި އެއަށްފަހު އަލުން އިންތިހާބު ބާއްވާނެ ތާރީހެއްކަމަށް ކަނޑައެޅީ އެޕްރީލް 20 ވަނަ ދުވަހުއެވެ. ނަމަވެސް އަނެއްކާ ވެސް އިންތިހާބު މަޑުޖައްސާލުމަށް ފީފާއާއި އޭއެފްސީ އަންގާފައިވާކަމަށް، އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ ޖައުޝަން ޝަރީފް ވަނީ ހާމަކޮށްފައެވެ.

ޖެނުއަރީ މަހު ބާއްވަން އިއުލާންކުރި އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ)އެވެ. ނަމަވެސް މި އަންނަ މަހު ބާއްވަން މަސައްކަތްކުރި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، މުފާ ފޯމު ހުށަހަޅާފައެއް ނުވެއެވެ. އަދި މި އިންތިހާބުގައި ޓޮމްގެ އިތުރުން ދެން ވާދަކުރަނީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމުގައި ރިޕޯޓުތައް ބުނެއެވެ. އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާކަން ޓޮމް އިއުލާންކުރިނަމަވެސް ބައްސާމް އެކަން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.