Advertisement

ނޯމަލައިޒިން ކޮމެޓީގެ ހިންގުން ހަވާލުކޮށްފައިވާ އަޙުމަދު ޒުހޫރު، ފައިލް ފޮޓީ

20 Aug 2024
ކުޅިވަރު

ފީފާއިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ފައިނަލްކޮށްފި

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކަކާއެކު ބޮއްސުންލާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުން ހަވާލުކުރުމަށް ފީފާ އިން ނިންމާފައިވާ ނޯމަލައިޒިން ކޮމިޓީ އެކުލަވާލައިފިއެވެ. އެ ކޮމެޓީގެ ޗެއާމަނަކަށް ފީފާއިން ހަމަޖައްސާފައިވަނީ ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، އަހުމަދު ޒުހޫރުއެވެ.

އެފްއޭއެމްގެ ހިންގުން ނޯމަލައިޒިންގ ކޮމެޓީގެ ދަށަށް ގެންދިއުމަށް ފީފާއިން ނިންމާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ކޮމިޓީ ފައިނަލްކޮށް، ހޯމަ ދުވަހު އެފްއޭއެމަށް އަންގާފައިވާއިރު، ޗެއާމަންކަން ހަވާލުކުރެއްވި، ޒުހޫރުގެ އިތުރުން ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީއެވެ.

ނޯމަލައިޒް ކޮމެޓީއެއް އައްޔަން ކުރަން ނިންމި ނިންމުމާ ގުޅިގެން ފީފާގެ ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުން، ނޯމަލައިޒޭޝަން ކޮމިޓީއެއް ޔައްޔަން ކުރަން ނިންމީ އެ އެސޯސިއޭޝަން ކުރިމަތިވެފައިވާ ދޯހަޅި ހިންގުމުގެ މައްސަލަތަކުގެ އިތުރަށް މާލީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އަރައިގަތުމުގެ ގޮތުންނެވެ.

ނޯމަލައިޒިންގ ކޮމެޓީ ހިންގުމަށް ހަވާލުކުރެއްވި ޒުހޫރަކީ، މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ޒުހޫރު ވަނީ މީގެ ކުރިން، ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ. މި ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަނަކަށް ވެސް ޒުހޫރު ހަމަޖައްސާފައިވެއެވެ. އެކަމަކު، ފަހުން އޭނާ އެ މަގާމުން ވަކިކުރިއެވެ.  

ނޯމަލައިޒިން ކޮމެޓީއަށް ދިނުމަށް ފީފާ އިން ނިންމާފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތެކެވެ. އަދި އެ ކޮމެޓީގެ ޒިންމާތައް އެ މުއްދަތުގެ ކުރިން ނިންމައިފިނަމަ، ކޮމެޓީގެ ދައުރު ނިމޭނެކަމަށް ވެސް ބުނެފައިވެއެވެ. މައްސަލަތައް ހައްލުކޮށް އެފްއޭއެމް އިންތިހާބުކޮށް ނިންމަން ޖެހޭ އެންމެ ފަހު މުއްދަތެއްގެ ގޮތުގައި އެ ކޮމިޓީ އަށް ފީފާއިން ދިނީ އަންނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.