Advertisement

ބައްސާމް ޢަދީލް ޖަލީލު --

06 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ބައްސާމްގެ އެޕާޓްމަންޓްތައް ހަވާލުކުރުން މިމަހުގެ ނިޔަަލަށް ފަސްކޮށްދޭން އެދިއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުން ފަސްކޮށްދިނުމަށް ބައްސާމުގެ ފަރާތުން އެދިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ބައްސާމުގެ ފަރާތުން ވަނީ، އެޕާޓްމަންޓުތައް ހަވާލު ކުރުން އޮކްޓޯބަރު 31، ގެ ނިޔަލަށް ފަސްކޮށްދިނުމަށް އެދި ފުލުހުންނަށް ސިޓީއެއް ހުށައަޅާފައެވެ. އަދި އެސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް، ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ބައްސާމުގެ ފުލެޓްތައް، މިއަދުގެ ކުރިން ފުލުހުންނާއި ހަވާލުކުރުމަށް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

މި އެޕާޓްމަންޓްތަކަކީ، ބައްސާމް ހުޅުމާލެ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެވެ. އެއީ ޕެންޓްހައުސްއެއް ގޮތަށް ހުރި ލަގްޒަރީ އެޕާޓްމެންޓްތަކެކެވެ. އެ އެޕާޓްމަންޓްތައް ބައްސާމް ގަނެފައި ވަނީ، ފީފާއިން އެފްއޭއެމްއަށް ދިން ކޯވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެންނެވެ. އަދި އެ އެޕާޓްމަންޓްތައް ބައްސާމް ގަނެފައި ވަނީ، 2021 ވަނަ އަހަރުގެ ތެރޭގައެވެ.

ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންނާއި ޚިޔާނާތުގެ ދައުވާތައް އުފުލާފައެވެ. އަދި އެ ދައުވާތަކާއި ގުޅިގެން ބައްސާމުގެ ޕާސްޕޯޓުވެސް އޮތީ ހިފަހައްޓާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.