Advertisement

17 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މާޒިޔާއިން އިސްވެ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިސްވެ، ޖުމްލަ 10 ކްލަބަކުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅައިފިއެވެ

އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ އަގުލަބިއްޔަތު ހިމެނޭ ގޮތަށް ހުށަހެޅި މި ހުށަހެޅުމުގެ ބޭނުމަކީ، އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަންޖެހޭކަމަށް އަސާސީ ގަވާއިދުގައި ލާޒިމްކުރާ ކޮމިޓީތައް އެކުލަވާލުމާއި، އުސޫލާ ޚިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލާފައިވާތީ އެކަން އިސްލާހު ކުރުމާއި އަދި ބައެއް ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދިނުމުގެ ސަބަބުން ކޮމެޓީތައް ހަރަކާތްތެރިވުމަށް ކުރިމަތިވެފައިވާ އިދާރީ ގޮންޖެހުންތައް ހައްލު ކުރުމެވެ.  

އެގޮތުން، އެ ހުށަހެޅުމުގައި ވާގޮތުން، ކޮންގްރެސްގެ އެޖެންޑާގައި ހިމެނޭނީ، އިލެކްޓޯރަލް ކޮމެޓީއާއި، އިލެކްޓޯރަލް އެޕީލް ކޮމެޓީ އަލުން އެކުލަވާލުމާއި، އެފްއޭއެމްއާ ގުޅޭ މައްސަލަތައް ބަލެމަށް ހާއްސަކޮށް އުފައްދާފައިވާ ޑިސިޕްލިނަރީ ކޮމެޓީއާއި، އެތިކްސް ކޮމެޓީ އަދި އެޕީލްސް ކޮމެޓީ އެކުލަވާލުމެވެ

މާޒިޔާއަށް ތާއީދުކޮށް، އެފްއޭއެމްގެ 18 މެމްބަރު ކްލަބުތަކުގެ ތެރެއިން 10 ކްލަބަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ގޮވާލާފައިވުމާއި ގުޅިގެން، އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާގޮތުން 14 ދުވަސް ތެރޭގައި މި ކޮންގްރެސް ބާއްވަން ޖެހޭނެއެވެ. މި ހުށަހެޅުމާ އެއްގޮތަށް ކަންކަން ނުހިނގައިފިނަމަ، ފީފާ އާއި އޭއެފްސީއާ ގުޅިގެން ކްލަބްތަކަށް މި ކޮންގްރެސް ބޭއްވޭނެއެވެ

މާޒިޔާއާއެކު ކޮންގްރެސްއަށް ތާއީދުކޮށްފައިވަނީ ކްލަބް ވެލެންސިއާ އާއި، ކުޑަހެންވޭރު ޔުނައިޓެޑާއި، ޓީސީ ސްޕޯޓްސް ކްލަބާއި، އެލްޓީ ސްޕޯޓްސް ކްލަބާއި، ބީޖީ ސްޕޯޓްސް ކްލަބާއި، ޓެންޓް ސްޕޯޓްސް ކްލަބާއި، މަހިބަދޫ ސްޕޯޓްސް ކްލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އަދި ސީބީއެލް ސްޕޯޓްސްއެވެ.

މާޒިޔާއިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، އެ ކްލަބުގެ ތާއީދާއެކު އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާފައިވާ އެ އިދާރާގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިގު (ޓޮމް)ގެ ކެނޑިޑެސީ ސައްހަ ނޫންކަމަށް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީއިން ވަނީ ނިންމާފައެވެ. އެއީ ކްލަބް ވެލެންސިއާގެ ތާއީދު ސިޓީ މި އިންތިހާބަށް ކުރިމަތިލި ދެ ކެނޑިޑޭޓުންގެ އަތުގައި އޮތުމުން، ކްލަބް ވެލެންސިއާގެ ދެ ސިޓީވެސް ގަބޫލު ނުކުރުމަށް ނިންމުމާ ގުޅިގެން، ޠާރިގުގެ ތާއީދު ސިޓީ ހަމަނުވާތީއެވެ. ޠާރިގުވަނީ މި ނިންމުން އަލުން ދިރާސާ ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް އެފްއޭއެމްގައި އިލެކްޓޯރަލް އެޕީލް ކޮމެޓީއެއް ނެތުމުން، މި މައްސަލައިގައި ލަފާ ހޯދުމަށް އެފްއޭއެމުން ވަނީ ފީފާއާއި އޭއެފްސީގައި އެދިފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.