Advertisement

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން، ފޮޓޯ: އެސްޓީއޯ

13 Jul 2024
ވިޔަފާރި
މިފްތާޙް މުޙައްމަދު

ފާއިތުވި 17 އަހަރު ތެރޭގައި އެސްޓީއޯގެ ހިއްސާގެ ފައިދާއަށް ބަހާ އެންމެ ބޮޑު އަދަދު ބަހަން ފާސްކޮށްފި

ހުކުރު ދުވަހުގެރޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބޭއްވި އެ ކުންފުނީގެ 2023 ވަނަ އަހަރުގެ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ކޮންމެ ހިއްސާއަކަށް 80ރ. ބަހަން ފާސްކޮށްފިއެވެ. މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭ އެސްޓީއޯގެ ހިއްސާގެ ފައިދާއަށް ބަހާ އެންމެ ބޮޑު އަދަދުކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.

އަދި އެސްޓީއޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ނިމިދިޔަ 2023 ވަނަ އަހަރަކީ އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ރެކޯޑު ކުރެވުނު އަހަރެވެ. އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެސްޓީއޯއިން ވަނީ މިދިޔަ އަހަރު ރެކޯޑު ކޮށްފައެވެ.

އޭގެ ކުރިން 2022 ވަނަ އަހަރަށް ބަލާއިރު، އެ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 77ރ. އެވެ. އަދި އެ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާއެވެ. އެހެންކަމުން، 2022 ވަނަ އަހަރުން 2023 ވަނަ އަހަރަށް އެ ކުންފުނިން މިވަނީ 12 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. 

މީގެ އިތުރުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ގިނަ ކުންފުނިތަކަށް ވެސް ވަނީ މިދިޔަ އަހަރު ފައިދާވެފައެވެ. އެހެންކަމުން މުޅި އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި އަދަދު މި އަދަދު 1.1 ބިލިއަނަށް އަރައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.