Advertisement

10 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އެއް އަހަރު ތެރޭ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 3،500 އަށް ވުރެން ގިނަ މުވައްޒަފުން އިތުރުވެ، ގެއްލުން 2 ބިލިއަނަށް

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓު ބުނާ ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމްލަ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން  ވެއްޖެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުނިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13.27 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ އަދަދު ހުރީ 2.27 ބިލިއަން ރުފިޔާގައި ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މި ކުންފުނިތަކުގެ އާމްދަނީގެ ބޮޑުބައެއް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރު އެކަނި ވެސް މި ކުންފުނިތަކަށް 3،503 މުވައްޒަފުން އިތުރުކޮށްފައި ވެއެވެ. އަދި އެ ރިޕޯޓުގައި ވާ ގޮތުން، މުވައްޒަފުން އެންމެ ބޮޑަށް އިތުރުކޮށްފައިވަނީ ފެނަކަ އާއި އެޗްޑީސީ އާއި ސްޓެލްކޯ އަދި އެމްޓީސީސީ އަށެވެ.

އެގޮތުން އެއް އަހަރުގެ ތެރޭގައި ފެނަކައަށް 682 މުވައްޒަފުން، އެމްޓީސީސީ އަށް 734 މުވައްޒަފުން، ސްޓެލްކޯ އަށް 302 މުވައްޒަފުން އަދި އެޗްޑީސީ އަށް 642 މުވައްޒަފުން ވައްދާފައި ވެއެވެ.

އަދި ކުންފުނިތަކުގެ ގެއްލުމަށް ބަލާއިރު ގެއްލުމުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އެޗްޑީސީއިން ކަމުގައި އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޗްޑީސީ އަށް ލިބުނު ގެއްލުން އުޅެނީ 3.23 ބިލިއަން ރުފިޔާގައެވެ. މި ގެއްލުމުގެ ސަބަބުތަކުގެ ތެރޭގައި، ހުޅުމާލޭގައި ޔޮޓު މެރިނާ އެޅުން ހިސާބުތަކުން އުނި ކުރުމާއި، ހުޅުމާލެ 2 ގެ ޔުޓިލިޓީ ނެޓްވޯކު ގާއިމްކުރަން ސްޓެލްކޯ އިން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ އިތުރުން، ހިޔާ ފްލެޓުތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އާމްދަނީގެ ނިސްބަތަށް ބަލާއިރު، މުސާރަ ދިނުމަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިންނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 3.28 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 11.69 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. މިއީ އާމްދަނީގެ ނިސްބަތުން 356 ޕަސަންޓު އިތުރު އަދަދެކެވެ.

ކޮމެންޓް
ހިޔަލަ ޕެއާ
ރަމީޒުގެ އަންހެނުން ނާއެކީ ކަރޯކޭ ހަދަން ވީ
11 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.