Advertisement

17 Dec 2023
ވިޔަފާރި

ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން މުހިންމު ފިޔަވަޅެއް

ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް އުފުލިފައިވުމާ ގުޅިގެން، ފިޔާގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުންނާއި ފިޔާ ހުސްނުވެ ރާއްޖެއިން ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް ފިޔާ އެތެރެކުރަން އިސްޓީއޯއިން ފަށައިފިއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނިން ވަނީ މިހާރު 4،500 ބަސްތާގެ ފިޔައި ރާއްޖެ އެތެރެ ކޮށްފައެވެ. އަދި މި ފިޔާ އާންމުންނަށް ލިބޭނީ ވިޔަފާރިތަކުންކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.  

އެސްޓީއޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުން، އާންމު ވިޔަފާރިތަކަށް ފިޔާ ދޫކުރާނީ އާންމު ރައްޔިތުންނަށް ވިއްކުމަށް ވަކި އަގެއް ކަނޑައެޅުމަށްފަހުއެވެ. އެގޮތުން ރީޓެއިލް ކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަގަކީ 20ރ. އެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިންޑިއާ ބާޒާރުގައި ފިޔާގެ އަގު އޯގަސްޓް މަހު އުފުލެން ފެށުމާ ގުޅިގެން، އޮކްޓޯބަރ މަހާ ހަމައަށް އައިއިރު ރާއްޖޭގެ ބާޒާރުގައި ފިޔާ ބައްތާއެއްގެ އަގު އުޅުނީ 400ރ. އަށެވެ. މި އަގު އުފުލެމުން ގޮސް، ޑިސެމްބަރު މަހާ ހަމައަށް އައިއިރު ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު ހުރީ 800ރ. އާއި 900ރ. ދެމެދުގެ އަގަކަށެވެ.

ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން އިމްޕޯޓް ކޮށްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރުވަނީ ބާޒާރަށް ނެރެފައެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ އެކަށޭނަ އަގެއްގައި ފިޔާ ރާއްޖެ އެތެރެކުރެވެންދެންނާއި އަދި ބާޒާރުގައި ފިޔާގެ އަގު ކޮންޓޮރޯލް ކުރެވެންދެން ރާއްޖެއަށް ބޭނުންވާ މިންވަރަށް ފިޔާ ސަޕްލައިކޮއްދިނުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.