Advertisement

20 އެމްބިއުލޭންސް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު

10 Apr 2023
ޚަބަރު
މިފްތާޙް މުޙައްމަދު

އެސްޓީއޯއިން 20 އެމްބިއުލާންސް ފޯރުކޮށްދިނުމަށް އެއްބަސްވުން

ސިއްހީ ދާއިރާއަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތް އާއިއެކު އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ

އާދީއްތަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު, އަލްފާޟިލް އަހުމަދު އާދިލްއެވެ. އަދި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަބްދުﷲ ސައީދު އެވެ.

މި އެއްބަސްވުމުގައި ވާގޮތުން 90 ދުވަހުގެ ތެރޭގައި މި އެމްބިއުލާންސްތައް ރާއްޖެ ގެނަސް، މިނިސްޓްރީ އާއި ހަވާލު ކުރަންޖެހެއެވެ.

މިކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން, މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަޙުމަދު ނަސީމްވަނީ އެސްޓީއޯއިން ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވާ އެކަމަށް ތައުރީފު ކުރައްވާފައެވެ. އަދި ޙާއްސަ ގޮތެއްގައި މި ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް އަލިއަޅުވާ ލެއްވެވިއެވެ.

އެސްޓިއޯ އިން މީގެ ކުރިންވެސް ވަނީ ހެލްތް މިނިސްޓްރީގެ އެދިލެއްވުމަށް، ސިއްހީ ދާއިރާއަށް ބޭނުންވާ 96 އެމްބިއުލާންސް ފޯރުކޮށްދީފައެވެ. އަދި އެސްޓީއޯއިން ހާމަ ކުރައްވާފައިވާ ގޮތުގައި, މިފަހަރު ވެވުނު އެއްބަސްވުމުގެ ދަށުން ގެނެވޭ 20 އެމްބިއުލޭންސް ގެންނާނީ ޖަޕާނުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.