Advertisement

ފޮޓޯ: ހެލްތް މިނިސްޓްރީ

17 Oct 2023
ޚަބަރު

ލެޕްރަސީ ނެތް ގައުމެއްގެ ޝަރުތު ރާއްޖެއިން ފުރިހަމަކޮށްފި

ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަކޮށްފިއެވެ. އެކަން ފުރިހަމަވުމަށް ބޭނުންވާ އެންމެ މުހިންމު އެއް ޝަރުޠަކީ 100 ރަށުގައި ޖުޒާމް ބަލި ނެތްކަން ކަށަވަރުކުރުމެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންގެ މަސައްކަތް ނިމި، މިއަހަރުގެ ނިޔަލަށް ރާއްޖޭއިން މަދުވެގެން 100 ރަށުގައި ލެޕްރަސީ ނެތްކަން ކަނޑައެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ހިމަނާފައިވާ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިފައިވާކަމަށެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ޝަރުތު ހަމަވެފައިވާކަމަށެވެ. ލެޕްރަސީ ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ހާސިލްކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ރަށްރަށުގައި އެ ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ލެޕްރަސީ ބަލި ދެނެގަތުމާއި، ބައްޔަށް އާއްމުން ސްކްރީންކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ލެޕްރަސީއަށް ދޭން ޖެހޭ ފަރުވާތަކާއި ބައްޔާމެދު ދެކޭގޮތް ބަދަލުކުރުމަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމާއި މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް އިންޓަރނަލް ވެރިފިކޭޝަން އެސެސްމެންޓް އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓާރނަލް ވެރިފިކޭޝަން އެސެސްމެންޓަތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

"ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭގޮތުން މިދިޔަ އާދިއްތަ ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ފަރާތުން ވަޑައިގެންނެވި އެކްސްޕާރޓް ޓީމާއެކު މަޝްވަރާކުރައްވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ ރާއްޖެއަކީ ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންއަށްފަހު 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައެވެފައިވާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.