Advertisement

ކޯވިޑް -19 ގެ ދުވަސްވަރު ޓެސްޓު ކުރަން ބިދޭސީން ކިޔޫ ހަދާފައި -- ފައިލް ފޮޓޯ

23 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ފައިލޭރިއާއަށް އިތުރު މީހުން ޓެސްޓްކުރަން ތައްޔާރުވަނީ

ހުޅުމާލެއިންވެސް ފައިލޭރިއާއަށް ޕޮޒިޓިވް މީހަކު ފެނުމާއި ގުޅިގެން، މާލެ ސަރަހައްދުގައި އިތުރު ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށީގައި ފައިލޭރިއާއަށް ސްކްރީން ކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ގުޅިގެން ފައިލޭރިއާ ޓެސްޓްކިޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކާއި، ފައިލޭރިއާއަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ، ހުކުރު ދުވަހު ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ، މައިގްރޭޓް ފެއާގައި ފައިލޭރިއާއަށް ޓެސްޓްކުރި 13 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. ހުޅުމާލެ އާއި މާލެ އަދި ވިލިމާލެއާ ތިލަފުށީގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭއިން، ޓެސްޓް ކުރެވުނު 13 މީހުންގެ ތެރެއިން އެކަކު ޕޮސިޓިވްވުމަކީ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ރާއްޖެއިން ޖުމުލަ 26 މީހަކު ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީވެސް ބިދޭސީން ކަމަށާއި، އަދި އެމީހުން ރާއްޖެ އައިސްފައި ވަނީ، ފައިލޭރިއާ ފެތުރެމުން އަންނަ، އިންޑިއާ އާއި ބަނގުލަދޭޝްގެ ސަރަހައްދުތަކުން ކަމުގައިވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.