Advertisement

ފޮޓޯ: ހެލްތް މިނިސްޓްރީ

26 Oct 2023
ޚަބަރު

ޤައުމީ އެންބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޤައުމީ އެމްބިއުލާންސް ޚިދުމަތް ފެށުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ފައްޓަވާދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމެވެ.

މި ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ މާލެ ސަރަޙައްދުގައެވެ. ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްވަނީ 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ޤާއިމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ޚިދުމަތްދިނުމަށް މިސަރަޙައްދުގެ ހުރިހާ ސިއްޙީ ފަރުވާ ދޭތަންތަން ގުޅިގެން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ފޮޓޯ: ހެލްތް މިނިސްޓްރީ

މިޚިދުމަތާއެކު އެއް ނަންބަރެއް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ލިބިގެންދާނެއެވެ. ސިއްޙީ ކުއްލި ޙާލަތެއްގައި 100 އަށް ގުޅުމުން ޕެރަމެޑިކާއެކު އެކްސިޑެންޓު ހިނގާފައިވާ ތަނަށް ނުވަތަ ބަލިމީހާ އޮތް ސަރަޙައްދަށް ގޮސް ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ބަލިމީހާ ސްޓޭބަލައިޒްކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި ބަލިމީހާ އޮތް ސަރަޙައްދަކާއި އެންމެ ގާތުގައި ހުރި ހޮސްޕިޓަލަށް އެމްބިއުލާންސްދާއިރު ބަލި މީހާގެ މަޢުލޫމާތު ލިބިފައިވާ ޓީމެއް ޕޭޝަންޓަށް އެޓެންޑްވުމަށް ތައްޔާރަށް އޮންނާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މި ޚިދުމަތް ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ސިއްޙީ ނިޒާމު ފުރިހަމަ ނިޒާކަމަށް ހެދުމަށް މިއީ މުހިއްމު ޚިދުމަތެއްކަމަށެވެ. އަދި މާޒީގައި ހިނގާފައިވާ ޙާދިސާތައް ތަކުރާރުވިޔަނުދީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މިއީ ކޮންމެހެން ޤާއިމުކުރަންޖެހޭ ޚިދުމަތެއްކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި މިޚިދުމަތް ފެށިނަމަވެސް، ކުރިއަށް އޮތްތަނުގައި އަތޮޅު ތެރޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުންވެސް މިޚިދުމަތް ލިބޭނެހެން ޚިދުމަތް ފުޅާކުރެއްވުމަށް ނިންމަވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސީ އެމްބިއުލާންސާއި އެއަރ އެމްބިއުލާންސްގެ ޚިދުމަތްވެސް މިނަންބަރު މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.