Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

28 Feb 2024
ޚަބަރު

ފާނަބަސަންދު ފެތުރެނީ، ސަމާލުވޭ!

ރާއްޖޭގައި ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް ފެތުރޭތީ ރައްކާތެރިވާން ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ފާނަބަސަންދު ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރު ކަމަށެވެ. އެގޮތުން މިދިޔަ މަހު 228 ކޭސް ރިޕޯޓް ކޮށްފައި ވާއިރު މި މަހުގެ މިހާތަނަށް 215 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

ފާނަބަސަންދު ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވާނީ މާލެ ސަރަހައްދުގެ އިތުރުން ފ. އަތޮޅުން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

ފާނަބަސަންދުގެ އަލާމާތްތަކަކީ ކޮބާ؟

- ހުން އައުން

- ވަރުދެރަވުން

- ނޭފަތުން ފެން އައުން

- ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން

- ކާހިތް ނުވުން /ބޮލުގައި ރިއްސުން/ ކެއްސުން/ ކަރަށް ތަދުވެ، ބަނޑުގައި ރިއްސުން

މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އަދި ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ އެއްޗެއް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ފާނަބަސަންދު ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމާއި ގެއިން ބޭރަށް ނުދިޔުމާއި ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.