Advertisement

ގއ ވިލިގިލި --

23 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ގއ. އަތޮޅުން ތިން ކުޑަކުއްޖަކަށް ހޯއްގޮވާ ކެއްސުން ޖެހިއްޖެ

ގއ. ވިލިގިލިން ތިން ކުޑަކުއްޖަކަށް ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެއް ކަމުގައިވާ ހޯއްގޮވާ ކެއްސުން ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ވެކްސިންގެ ޒަރީއާއިން ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ، ޕާޓުސިސް ނުވަތަ ހޯއްގޮވާ ކެއްސުމުގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އަޅަންޖެހެ ފިޔަވަޅުތައް އަޅައި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިގޮތުން އައިޖީއެމްއެޗާއި ގއ.އަތޮޅު ހޮސްޕިޓަލް ގުޅިގެން ޚާއްޞަ ޓާސްކް ފޯހެއް އެކުލަވާލައިގެން މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. މިގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި، މިގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ދިނުމާއި، ބަލީގެ އަލާމާތްތައް ހުރި މީހުން ބައްޔަށް ޓެސްޓްކުރުމާއި، ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންނަށް ބޭސްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިބަލީގެ ނުރައްކާ އެންމެ ބޮޑު ބަޔަކީ، ވަރަށް ތުއްތު ކުދިން ކަމަށެވެ. މިގޮތުން 7 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން އެ ވެކްސިން ފުރިހަމަނުކޮށް ތިބި ހުރިހާ ކުޑަކުދިންނަށް ވެކްސިން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

އަދި ބަލީގެ އަލާމާތެއް ތުއްތުކުދިންނާއި މާބަނޑު މީހުންގެ ކިބައިން އަދި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހެއްގެ، ކިބައިން ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްޙީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.