Advertisement

ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސް އާއެކު އެންޑީއޭއިން ބޭއްވި ބައްދަލުވުމުގެ ތެެރެއިން --- ފޮޓޯ: އެންޑީއޭ

07 Jan 2025
ޚަބަރު

މަސްތުވާތަކެތިން މީހުން ސަލާމަތްކޮށް ދިނުމަށް ކައުންސިލަރުން ބިނާކުރަނީ

މަސްތުވާތަކެތިން މީހުން ސަލާމަތްކޮށް ދިނުމަށް ކައުންސިލަރުން ބިނާކުރުމާއި ގުޅޭ ގޮތުން، ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސް އާއެކު މަޝްވަރާކޮށްފިއެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ، އެފަރާތްތަކާއި އެކު ކުރިޔަށް ގެންދެވުނު މަޝްވަރާތަކުގެ ބޭނުމަކީ، ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަސްތުވަތަކެތީ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުން ކަމަށެވެ. މިގޮތުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމަކީ މައިގަނޑުގޮތެއްގައި އޮންލައިންކޮށް ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމެއް ނަމަވެސް މި ޕްރޮގްރާމުގެ ބައެއް ބައިތައް ކްލާސްތަކަށް ހާޒިރުވެ ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

މި އެންޑީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސްތުވާތަކެތީގެ މައްސަލަތައް ފުޅާވަމުން އަންނައިރު، މިހާރުގެ ސިޔާސަތަކީ، ކޮމިއުނިޓީގައި ކުދިން ބައިތިއްބައިގެން ކޮމިއުނިޓީއަށް ރީއިންޓަރގްރޭޓް ކުރެވޭނެ ގޮތަށް ފަރުވާގެ ބައެއް އިތުރުކުރުމެވެ.

ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމުގައި ވާއިރު މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް، ފަރުވާގެ ނިޒާމް ހަރުދަނާ ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.