Advertisement

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބުޅާ މަހުން ޢަރަފާތު ކާބޯތަކެތި ހެދިކަމުގެ ހެއްކެއް ނެތް: ހެލްތު މިނިސްޓަރ

ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ، ޢަރަފާތު ޙުސައިން، ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކިކަމަށް ކުރެވުނު ތުހުމަތުތަކަށް ބާރު ލިބޭ ހެއްކެއް ފެނިފައި ނުވާ ކަމުގައި ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޚަލީލު މިހެން ވިދާޅުވީ، ބުޅާ މަސްއަޅައިގެން ކާބޯތަކެތި ހަދައިގެން ވިއްކާފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާއި އެކު، އާއްމުން ކަންބޮޑުވެފައިވާ ދަނޑިވަޅުގައި މިއަދު ހެނދުނު އެމިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެނގިފައިވާ ގޮތުގައި ހުއްދަ ނުނަގައި އަދި ޤަވާއިދާއި ޚިލާފަށް، ސާފުތާހިރުކަން ކުޑަ ބަދިގެއެއް ހިންގި، ޢަރަފާތު ބުޅާމަހުން ކާބޯތަކެތި ހަދައިގެން ވިއްކިކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭނާ ބޭނުން ކުރި ބަދިގެއާއި ތަކެތި ބަލައި ސާމްޕަލް ނަގައިގެން ވަނީ ތަޙްލީލުތައް ކޮށްފައެވެ. އަދި އެތަޙްލީލު ތަކުން މިހާތަނަށް، އޭނާ ބުޅާ މަސް ކާބޯތަކެތި ހެދުމަށް ބޭނުން ކުރިކަން އެނގިފައެއް ނުވެއެވެ.

ހެލްތު މިނިސްޓަރ ޑރ. ޚަލީލު ވިދާޅުވީ، ބުޅާމަސް ބޭނުންކުރި ކަމެއް އަދި އެނގިފައި ނުވާކަމަށާއި، ހުރީ ހަމައެކަނި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އެހެން ނަަމަވެސް ނުލިބިގެން އުޅެނީ ކޮންކަހަލަ ހެއްކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

އަރަފާތު ބުޅާ ހިފަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީހަކު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެއެވެ. އެ ވީޑިއޯގައި އޭނާ ބުޅާ ހިފަނީ ގެއަށް ގެންދާން ކަމުގައި ބުނާއިރު، ކޮތަޅަކަށް ލައިގެން ގެންދަން ބޭނުން ވަނީ ކީއްވެތޯ ވީޑިއޯ ކުރާ މީހާ ސުވާލު ކުރާއަޑުވެސް އެވީޑިއޯއިން އިވެއެވެ.

އަރަފާތު ދިރިއުޅޭ ގޭގެ އެހެން ބައިތަކުގައި އުޅޭ މީހުން ވަނީ ޢަރަފާތު އުޅޭ ބައިން ބުޅާ ރޯއަޑު އިވުނު ކަމަށާއި އަދި މަރާފައިވާ ބުޅަލުގެ ގުނަވަންތައްވެސް އެގޭގެ ކައިރިން ފެނިފައިވާ ކަމަށް ބުނެފައެވެ.

ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ، އެ މައްސަލަ އާއި ގުޅޭ ތަހުލީލުތައް ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށާއި، އެ ތަހުގީގުގެ އަލީގައި އެއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން އެނގޭނެ ކަމަށެވެ.

ސާފުތާހިރުކަން ކުޑަ ބަދިގެއެއްގައި ޤަވާއިދާއި ޚިލާފަށް ކާބޯތަކެތި ހަދައިގެން ވިއްކައި، އަދި ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކި ކަމުގެ ތުހުމަތު ކުރެވުނު ޢަރަފާތު ހައްޔަރު ކުރުމަށްފަހު ފުލުހުން ވަނީ، އޭނާ ހަމަ އެދުވަހު އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ. ޢަރަފާތު ދަންނަ ބައެއް މީހުން ބުނެފައިވާ ގޮތުގައި، އޭނާ އެވިޔަފާރި ކުރަމުން އައީ، ކަމާގުޅޭ އިދާރާތަކުގެ މީހުންނަށްވެސް ރިޝްވަތުދީގެން ކަމަށް ބެލެވެއެވެ. އަދި އޭނާއަކީ، އަމިއްލައަށް ވަަރަށް ފުޅާކޮށް ކާބޯތަކެތީގެ ވިޔަފާރި ޤަވާއިދާއި ޚިލާފަށް ހިންގަމުން އަންނަ މީހެއް ކަމުގައިވެސް އާއްމު ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.