Advertisement

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ނަރުހުން ---

12 May 2024
ޚަބަރު
ޢަލީ ސުލައިމާން

ނަރުހުންނަކީ ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް: ހެލްތު މިނިސްޓަރ

ނަރުހުންނަކީ ކެއްތެރިކަމާއި ހިތްވަރާއެކު ރައްޔިތުންނަށް ދިމާވާ ކޮންމެ ޙާލަތެއްގައިވެސް، އެއްވެސް ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް ކަމުގައި މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބުދުﷲ ޚަލީލި ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ނަރުހުގެން ދުވަހުގެ މުނާޞަބަތުގައި ފޮނުއްވެވި ތަޙްނިޔާގެ މެސެޖުގައެވެ.

މިނިސްޓަރ ގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ނަރުހުންގެ ދުވަހާއި ގުޅިގެން، ނަރުހުންގެ ގޮތުގައި ދެމި ތިއްބެވި، އެންމެހާ ދިވެހި ނަރުހުންނަށް ބައިބަލްއަގްވާމީ ނަރުހުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ. މީގެ އިތުރުން، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ޣައްޒާގައި ސިއްޙީ ޚިދުމަތުގައި މަސައްކަތްކުރަމުންދާ އެންމެހާ ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި އެމަނިކުފާޏު ދުޢާކުރައްވާފައި ވެއެވެ.

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގަިއ ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.