Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

15 Jan 2024
ޚަބަރު
ޝިފްނާ އަޙްމަދް

ރާއްޖޭގައި އިންފްލޫއެންޒާ ފެތުރެނީ، ސަމާލުވޭ!

ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ވައިރަސް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. 

މިކަމާއި ގުޅިގެން އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ދެ ތިން ހަފުތާ އިން ފެށިގެން އިންފުލުއެންޒާ ރާއްޖޭގައި ފެތުރެމުންދާ ކަމަށާއި އެ ބަލީގައި ތިން ޒުވާނަކު ވެންޓިލޭޓަރުގައި އެބައޮތްކަމަށެވެ. މި މީހުން ވެންޓިލޭޓަރުގައި އޮތީ ނިއުމޯނިއާ ޖެހިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި ޒުވާނަކު ވެސް ވަނީ ނިޔާވެފައެވެ. އެ ބަލީގެ އައުޓްބްރޭކެއް އައިސްދާނެކަމަށް ނުބެލެވުނަސް ބަލީގައި ބޮޑުވަރު ވުމުން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހޭނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. 

އިންފުލުއެންޒާ ވެކްސިނަކީ ފްލޫ އާއި ނިއުމޯނިއާ އާއި ހިތުގެ މައްސަލަ އާއި ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. އެ ވެކްސިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނަށް ދެ ޑޯޒް އަދި އެ އަށް ވުރެ އުމުރުން ދޮށީ ނަމަ އެއް ޑޯޒް ދޭން ޖެހެ އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.