Advertisement

މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބްދުﷲ ޚަލީލު --

18 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީ ސަރުކާރުގައި ކުވައިތު ފަންޑުން ދޭން ހަމަޖެއްސި ފައިސާ ކެންސަލް

ރާއްޖޭގެ އަތޮޅުތަކުގައި ހޮސްޕިޓަލްތައް އެޅުމަށް ކުވައިތު ފަންޑުންދޭން ހަމަޖެއްސި އެހީ ކެންސަލްކޮށްފައިވާ ކަމުގައި ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޚަލީލު މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ހެލްތު މިނިސްޓަރ ޑރ. ޢަބުދުﷲ ޚަލީލާއި ކުރެއްވި ސުވާލަށްފަހު، އިތުރު ސުވާލު ކުރެއްވުމަށް މެމްބަރުންނަށް ދެއްވި ފުރުޞަތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ކުވައިތު ފަންޑުގެ އެހީގައި، ރާއްޖޭގައި 12 ހޮސްޕިޓަލެއް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާކަން ކުރީގެ ސަރުކާރުން ހާމަކުރިއެވެ. އޭގެ ތެރެއިން 7 ރަށެއްގައި ހޮސްޕިޓަލްތައް އެޅުމަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމަށް، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އިޢުލާނުވެސް ކުރިއެވެ.

ހެލްތު މިނިސްޓަރ ޑރ. އަބުދުﷲ ޚަލީލު ވިދާޅުވީ، ކުވައިތު ފަންޑުން ދޭން ހަމަޖެއްސި އެހީ ކެންސަލްކޮށްފައި ވަނީ، އެފަންޑުގެ އެހީގައި ހިންގާ ޕްރޮގްރާމްތަކުގެ ޕްރޮކިއުމެންޓް އުސޫލުތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާތީ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލްތައް އެޅުމަށް ހަމަޖައްސާފައިވާ ދާއިރާ ތަކުގެ މެމްބަރުން އެކަމާއި ގުޅޭ ގޮތުން އިތުރު ސުވާލުތައް ކުރައްވަން ފެއްޓެވުމުން މިނިސްޓަރ ވިދާޅުވީ އެކަން އިތުރަށް ސާފުކުރައްވައި މަޖިލީހާއި ޙިއްޞާ ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން އެފަންޑުން އަލުން ހަމަޖެހޭތޯވެސް މަސައްކަތް ކުރައްވަމުންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅުތަކުގައި ކުރީ ސަރުކާރުން އެޅުމަށް ހަމަޖެއްސީ ޓާޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ހުއްޓިފައިވަނީ، ފަންޑުގެ އުސޫލާއި ރާއްޖޭން ޚިލާފުވެގެން ކަމަށް ހެލްތު މިނިސްޓަރ ޑރ. ޢަބުދުﷲ ޚަލީލު ދެއްކެވި ވާހަކަފުޅުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ތުހުމަތު ކުރައްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވަނީ ރައްޔިތުންގެ މަޖިލީހަށް އެކަން ސާފުކޮށްދީ ޞައްޙަ މައުލޫމާތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.