Advertisement

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން މައްކާގައި ---

23 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ހައްޖުވެރިން އެނބުރި އަންނައިރު، ރޯގާ ފެތުރުން ހުއްޓުވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި

ކޮންމެ އަހަރެއްގެ ހައްޖު މޫސުމަށްފަހު ރޯގާ ފެތުރުން އިތުރުވާތީ އެކަމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ، ހައްޖާއި ޢުމްރާގެ އަޅުކަމަށް ފަހު އެނބުރި އަންނައިރު، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްދީ އެކަންކަމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށްފަހުގައި ރައްކާތެރިކަމާއި އެކު ނައްތާލުމާއި، ގިނަ ގިނައި ސައިބޯނި ލައިގެން އަތްދޮވުމާއި، ދަތުރުމަތީގަޔާއި ހައްޖާއި އުމުރާގެ އަޅުކަމުގައި އުޅޭ އިރު މާސްކު އަޅައިގެން އުޅުން ހިމެނެއެވެ.

އަދި ރޯގާ ޖެހިފައިވާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުންނާއި ޒިޔާރަތް ނުކުރުމާއި، ކުޑަކުދިން އުރައި ނުހެދުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އަދި ހައްޖު ނުވަތަ އުމުރާގެ އަޅުކަމަށް ފަހު އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުންއައުމާއި، ކެއްސުމާއި ނޭވާލާ އުނދަގޫ ވުމާއި، މޭގަިއ ރިއްސުން ފަދަ ޢަލާމާތެއް ފެނިއްހެ ނަމަ ލަސްނުކުރައްވައި ޑޮކްޓަރެއްގެ މަޝްވަރާ ހޯއްދެވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުން ހަފްތާގައި އެނބު މާލެ އަންނަން ފަށާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.