Advertisement

ހުޅުމާލެ ފޭސް 2ގައި ކާބޯތަކެތީގެ ޚިދުމަތް ދިިޔަ ތަނެއް ---

23 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ފޭސް 2އިން އަލަށް ދޫކުރި ގޯތިތަކުގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ތަންތަން ބަންދުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކާބޯތަކެތީގެ ވިޔަފާރި ހިންގަމުން އައިތަންތަން ސަރުކާރުން ބަންދުކޮށްފިއެވެ.

ރޭ މިތަންތަން ބަންދުކޮށްފައި ވަނީ، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އުފެއްދި ޓާސްކްފޯހުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިންނެވެ. މިގޮތުން އިއްޔެ ވަނީ، އެޓާސްކް ފޯހުގައި މިނިސްޓްރީ އޮފް ހެލްތާއި އިކޮނޮމިކް މިނިސްޓްރީވެސް ހިމަނައި، މިހާރު ކުރިޔަށް ގެންދާ ބަލައިފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ޤަވާއިދާއި ޚިލާފުވާކަމަށް ފާހަގަކުރެވޭ ތަންތަން ވަގުތުން ބަންދުކުރަމުންނެވެ.

މިގޮތުން ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގައި ކައިރިންނާއި ވިނަރެސް ޓަވަރުތަކުގެ އިރުމަތީގައި ހުރި ބިންތަކުން ދޫކޮށްފައިވާ ގޯތިތަކުގައި ހުރި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ.

އެތަންތަން ރޭ ބަންދު ކުރި ނަމަވެސް އޭގެ ތެރެއިން ބައެއް ތަންތަން އަލުން ހުޅުވައިގެން މިއަދުވެސް ޚިދުމަތް ދެމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ.

ބަންދުކުރި ތަނެއްގައި އެޗްޕީއޭއިން ހިއްޕާފައިވާ ނޯޓިސް ---

ރޭ ހުޅުމާލެ ފޭސް 2 އިން ބަންދު ކުރިތަންތަނުގެ ތެރޭގައި، ވިޔަފާރި ހުއްދަ ނަގައިގެން އެހެން ނަމަވެސް ކާބޯތަކެތި ވިއްކުމުގެ ހުއްދަ އެމްއެފްޑީއޭއިން ނުނަގައި ދިވެހިން ހިންގަމުން އައި ބައެއް ތަންތަންވެސް ހިމެނެއެވެ. އެތަންތަން ބަންދުކޮށް އެޗްޕީއޭއިން ހިއްޕާފައިވާ ނޯޓިހުގައި ބުނެފައި ވަނީ، އެތަންތަން ބަންދުކޮށްފައި ވަނީ އާއްމު ސާފުތާހިރުކަން ދައްވުމުގެ ސަބަބުން އާއްމު ޞިއްޙަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެދާނޭ ކަމަށް ފެންނާތީ، އެތަނުގައި ކުރަމުންގެންދިޔަ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައި ވަނީ، އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށެވެ.

ފޭސް 2 ގައި ދިވެހިން ހިންގަމުން ދިޔަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމުން އެ ވިޔަފާރި ކުރަމުންދިޔަ މީހުންނާއި ޚިދުމަތް ހޯދަމުންދިޔަ ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.