Advertisement

ހެލްތު މިނިސްޓަރ ޑރ ޢަބްދުﷲ ޚަލީލު --

18 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޑަޔަލަސިލސް ޚިދުުމަތް ނެތް އަތޮޅުތަކުގައި ޚިދުމަތް ފެށެމަށް ތާވަލެއް އެކުލަވާލައިފި

ރާއްޖޭގައި މިހާރު ޑަޔަލަލަސިސް ޚިދުމަތް ނުލިބޭ އަތޮޅުތަކުގައި އެޚިދުމަތް ފެށުމަށްޓަކައި ކުރިޔަށް ދާނެ ގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމުގައި މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބުދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ޚަލީލު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބުދުލްމުޙްސިން ޙަމީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޑރ. ޚަލީލު ވިދާޅުވީ، އެކުލަވާލާފައިވާ ތާވަލާއި އެއްގޮތަށް ވަރަށް އަވަހަށް ޚިދުމަތްތައް ފެށި ޢިއުލާނު ކުރެވިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓަރ މިޖަލްސާގައި ޙިއްޞާއެއް ނުކުރައްވައެވެ.

ބޭރުގެ ހިލޭ އެހީގައި އަތޮޅުތަކުގައި ޑަޔަލަސިސްގެ ޚިދުމަތް ފެށުމުގެ މަޝްރޫޢެއްވެސް ކުރީ ސަރުކާރުގައި ކުރިޔަށް ދިޔައެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމަށްފަހުގައި އެމަސައްކަތްތައް އޮތީ ހުއްޓިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.