Advertisement

ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް (18އ)--

23 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޑައިވްކޮށްގެންނާއި ވައިގެ މަގުންވެސް ބަލައިފި، ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ

އައްޑޫ ސިޓީގައި މޫދަށް އެރި އެޅެނިކޮށް ގެއްލުނު މުޙައްމަދު ނައީޝް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުން މިހާތަނަށް އޭނާ ފެނިފައި ނުވާކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ނައީޝް ހޯދުމަށްޓަކައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގައި ކަނޑުގެމަގުންނާއި ވައިގެ މަގުން އަދި ޑައިވްކޮށްގެން ވަނީ ބޮޑު ސަރަހައްދެއް ބަލާފައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މުޙައްމަދު ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ.މަރަދޫއަށް ނިސްބަތްވާ ތިން މަސް ދޯންޏަކުން ވަނީ މިއަދު އެ ސަރަަހައްދުގައި ހަރަކާތްތެރިވެފައި ކަމަށެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ފްލައިން ސްކޫލުގެ ކުޑަ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ވައިގެމަގުން އެސަރަހައްދު ވަނީ ބަލާފައެވެ.

އިއްޔެރޭ ނައީޝް ގެއްލުނީ، އިތުރު ބަޔަކާއި އެކު އޭނާ ފަރުމައްޗަށް ފީނައިގެން އިހި ނަގަން އުޅުމުގެ ތެރޭގެ ތެރޭގައެވެ. އުމުރުން 18 އަަހަރުގެ ނައީޝްއަކީ އައްޑު ހައި ސްކޫލުގައި މަތީ ޘާނަވީގައި ކިޔަަވަމުން އައި ދަރިވަރެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.