Advertisement

03 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ރޮޒައިނާއަށް އެމްޑީޕީ ޓިކެޓު ކަށަވަރެއް ނުވި

ވިހި ވަނަ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ތަމްސީލުކުރާނެ ކެނޑިޑޭޓުން ހޮވުމަށް، އެ ޕާޓީއިން މިއަދު ބޭއްވި ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިތުރު ދެ ކެނޑިޑޭޓުންނާއެކު ރޮޒައިނާ ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ޓިކެޓަށެވެ. ނަމަވެސް، މާލެއާއި އައްޑޫގައި ބެހެއްޓި ފޮށިންވެސް ރޮޒައިނާއަށް ކުރި ލިބިފައެއް ނުވެއެވެ. މި އިންތިހާބު ކާމިޔާބުކޮށް، މުޅިން އަލަށް އުފެއްދި ފޭދޫ އުތުރު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ އަހުމަދު ޝަރީފު (ޑުންގާ)އެވެ.

އައްޑޫއިން ފުރަތަމަ އަންހެން މެންބަރަކަށް ހޮވި ވަޑައިގެންނެވި ރޮޒައިނާ ވަނީ، އައްޑޫ މީދޫ ދާއިރާގެ ގޮނޑި ޖެހިޖެހިގެން ދެ ދައުރުގައި ކާމިޔާބު ކުރައްވާފައެވެ. އެއީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުއެވެ. އައްޑޫ މީދޫ ދާއިރާގެ ގޮނޑީގެ އިތުރުން ރޮޒައިނާ ވަނީ ތުލުސްދު ދާއިރާގެ މެންބަރުކަންވެސް އަދާކޮށްފައެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއެއްގެއެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.