މިއީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ ގިނަ މަސައްކަތްކުރި ސަރުކާރު: ރޮޒައިނާ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރަކީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު ސަރުކާރު ކަމުގައި އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. މެންބަރު ރޮޒައިނާ މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ރައީސް ޞާލިޙްގެ މި ދައުރުގައި އަންހެނުން ބާރުވެރި ކުރުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުންނެވެ.