Advertisement

23 Aug 2023
ކީއްވެ އިބޫ؟

މިއީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ ގިނަ މަސައްކަތްކުރި ސަރުކާރު: ރޮޒައިނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރަކީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު ސަރުކާރު ކަމުގައި އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. މެންބަރު ރޮޒައިނާ މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ރައީސް ޞާލިޙްގެ މި ދައުރުގައި އަންހެނުން ބާރުވެރި ކުރުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުންނެވެ

އެގޮތުން މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުން އަންހެނުން ބާރުވެރި ކުރުވުމަށް ކުރެއްވެވި ތަފާތު މަސައްކަތްތަކުގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި އިސްކަން ދެއްވީ އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމަށްކަމަށެވެ

ޙާއްސަ ގޮތެއްގައި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ

  އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް  

މާލެ އާއި އަތޮޅު ތެރޭގައި ވެސް އަންހެނުންނަކީ އާމްދަނީ ހޯދުމަށް ގޭގައި ގިނަ މަސައްކަތްތަކެއް ކުރާ ބައެކެވެ. މިގޮތުން ކޭކު އެޅުން, ފެހުން, އަދި ތަފާތު ވައްތަރުތަކުގެ ކާބޯތަކެތި ތައްޔާރުކުރުން ހިމެނެއެވެ. މިފަދަ ވިޔަފާރިތައް ކުރައްވާ ފަރާތްތަކަށް އިޝާރާތް ކުރައްވައި މެންބަރު ރޮޒައިނާ ވިދާޅުވީ މީގެ ކުރީގައި މިފަދަ މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެހީތެރި ވެދިނުމުގެ ގޮތުން ނުވަތަ އެބޭފުޅުންގެ ވިޔަފާރި ފުޅާކޮށް ވިޔަފާރީގައި ހިންދެމިލެވޭވަރު ކުރުމަށް ކުރީގެ ސަރުކާރުތަކުން އިސްކަމެއް ނުދޭކަމަށެވެ. ނަމަވެސް ރައީސް ޞާލިހްގެ ސަރުކާރުން މިފަދަ މަސައްކަތްތައްކުރައްވާ ބޭފުޅުންނަށް ގްރާންޓް އެހީގެ ގޮތުގައާއި ލޯނު އެހީގެ ގޮތުގައި އެބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އޯތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ކުދި ވިޔަފާރިތައް ކުރައްވާ ބޭފުޅުން ކުރިއެރުވުމުގެ ގޮތުން, އެބޭފުޅުންގެ ޕްރޮޑަކްޓްތައް މާކެޓްކޮށް ވިއްކުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރެއެވެ

މެންބަރު ރޮޒައިނާގެ އިންޓަވިއުގައި ސިޔާސީ ގޮތުން އަންހެނުން ބާރުވެރި ކުރުމަށް ކުރެވުނުކަންކަން ވެސް ވަރަށް ތަފްސީލްކޮށް ފާހަގަ ކުރެއްވިއެވެ. އެގޮތުން ރޮޒައިނާ ވިދާޅުވީ, ކެބިނެޓުގައި އެންމެ ގިނަ އަންހެނުން ރެޕްރެޒެންޓްކުރަނީ މި ސަރުކާރުގައި ކަމަށާއި, ސްޕްރީމް ކޯޓުގައި އަންހެން ފަނޑިޔާރުން ހިމެނިގެން ދިޔަ ދައުރަކީ މިއީ ކަމަށާއި, އަދި ޤާނޫނަކުން ކަށަވަރުކޮށް ރަށު ކައުންސިލްތަކުގެ %33 އަންހެނުންނަށް ޙާއްސަ ކުރެވިފައިވާކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

ކައުންސިލްތަކުގައި %33 ގެ ކޯޓާއެއް ހިމެނުމާއި ގުޅިގެން ކުރިން (އަންހެނުންގެ) %5 ހުރި ކައުންސިލްތަކަށް މިހާރު 39.5% އަންހެން ކައުންސިލަރުން ހިމެނިގެން ގޮއްސި.

 އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް  

ރޮޒައިނާ އިތުރަށް ވިދާޅުވީ, ރައީސް ޞާލިޙްގެ ސަރުކާރުގައި ހިންގަވާ ފެނާއި ނަރުދަމާ ޕްރޮޖެކްޓުން ވެސް އެންމެ ބޮޑު ފަސޭހައެއް ވެގެންދިޔައީ އަންހެނުންނަށް ކަމަށެވެ. އެއީ އަންހެނުންނަކީ ގޭތެރޭގެ ގިނަ މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅޭ ބަޔަކަށް ވެފައި, ގެއިން ސާފު ފެން ނުލިބުމަކީ އަންހެނުންނަށް ތަހައްމަލު ކުރަން ޖެހުނު ދަތި ކަމެއް ކަމަށެވެ

ރޮޒައިނާ އިތުރަށް ވިދާޅުވީ ރައީސް ޞާލިޙްއަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ކަމަށްށެވެ. އެކަމުގެ ސަބަބަކީ, ރައީސް ޞާލިޙް ގެންގުޅުއްވަނީ މުޅި ރާއްޖެ ތަރައްޤީ ކުރެއްވުމުގެ ވިސްނުންކަމަށާއި, އަދި އެ ސިޔާސަތުތައް އެގޮތަށް ކުރިޔަށް ގެންދެވޭނީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އައްޔަން ކޮށްގެން ކަމަށް ވާތީ ކަމަށެވެ

އިންޓަވިއުގެ ތެރެއިން ރައީސްގެ ހާއްސަ ސިފަފުޅުތަކަށް އިޝާރާތް ކުރައްވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިހްގެ އެންމެ ޙާއްސަ ސިފަފުޅަކީ އެންމެންގެ ހިޔާލު ހޯއްދަވައިގެން ކަންކަމުގެ ގޮތް ނިންމެވުމުގެ ސިފަފުޅު ކަމަށެވެ

ވަރަށް ބޮޑަށް ހުރިހާ އެންމެންގެ ވެސް މަޝްވަރާ ހޯއްދަވާފަ, ކަންކަން އޮތްގޮތް ވަރަށް ރަނގަޅަށް ބައްލަވާފަ ނޫނީ ކަންކަމުގެ ގޮތެއް ނުނިންމަވާ. އެހެންވީމާ އަޅުގަނޑަށް މިހާތަނަށް ފެނުނު އެންމެ ސްޓްރެޓީޖިކްކޮށް ވިސްނަވާ, އެންމެ ދުރަށް ވިސްނަވާ އަދި އެންމެ ގިނަ މީހުންގެ މަސްލަހަތަށް ވިސްނަވާ ރައީސް އަކީ ރައީސް ޞާލިޙް.

 އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް  

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ރުއްގަނޑު ސަރަޙައްދުގައި އެމްޑީޕީ އިން ބޭއްވި "އުފާވެރި އަންހެނުން" އިވެންޓުގައި ވާހަކަ ދައްކަވަމުން ވެސް ރޮޒައިނާ ވަނީ ރައީސް ޞާލިޙް އަންހެނުން ބާރުވެރި ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އަންހެނުން ދަތިތަކެއް ތަހައްމަލު ކުރާކަން ދަނެ، އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވި ހަމައެކަނި ރައީސްއަކީ ރައީސް ޞާލިޙްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.