Advertisement

16 Sep 2023
ޚަބަރު

މުއިއްޒު ވެރިކަމަށް އަަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ: ރޮޒެއިނާ

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ބޭނުމަކީ ސަރުކާރާ މެދު ނަފްރަތު އުފެއްދުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒެއިނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް އިންޑިއާއިން ނުކުރާނެކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ ވެސް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެކު ތިއްބެވި ބޭފުޅުން ކަމަށެވެ. 

ގެންގުޅޭނީ އިންޑިއާ ފަސްޓް ޕޮލިސީ ކަމަށާއި އެއީ ރާއްޖެއާ އެންމެ ގާތް ގައުމު ކަމަށް މުއިއްޒު ވިދާޅުވެފައިވާ އިންޓަވިއުއެއްގެ ވީޑިއޯއާ އެކު ކުރެއްވި ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިންގެ ހަމައެކަނި ނަތީޖާއަކަށް ވާނީ ދިވެހިންނާއި އިންޑިއާއާ ދޭތެރޭ އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފްރަތަށް ބަދަލުވެ އެތައް ބައެއްގެ ހިތުގައި ހަގީގަތެއް ނެތް ބިރުވެރިކަން އުފެދުން ކަމަށެވެ.

ރޮޒެއިނާގެ ޓްވީޓް

"މުއިއްޒުގެ ވެރިކަމެއް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ. އެއްވެސް މީހަކު ބޭރެއް ވެސް ނުކުރާނެ، މިތާ ހިނގާ އޮޕަރޭޝަންސް ކުރިޔަށް ދާނެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް،" ރޮޒެއިނާ ވިދާޅުވިއެވެ.

ކެމްޕެއިން ތެރޭ މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމުގެ ވާހަކަތައް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ އޭނާ ގެންގުޅުއްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންގުޅުއްވި ސިޔާސަތު ކަމަށެވެ. އަދި ރައީސް ޔާމީން ގެންގުޅުއްވީ ވަކިކޮޅަކަށް ނުޖެހޭ ސިޔާސަތެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކާއިވަނީ ގުޅުން ކަނޑާލާފައެވެ. ޔާމީންގެ ވެރިކަމުގައި މުޅިންވެސް ރާއްޖެ ބަރޯސާވެފައި އޮތީ ޗައިނާއަށެވެ. އަވަށްޓެރި އެހެން ޤައުމުތަކާއި އޮތް ގުޅުންތައް ހީނަރުވުމުގެ ސަބަބުން އެ 5 އަހަރުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.