Advertisement

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް --

19 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށައަޅައިފި

މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަވަހަށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އަޙްމަދު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ.

މަސްވެރިންނަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، މަސްވެރި އާއިލާ ތަކާއި މަސްވެރިންވެސް ކަންބޮޑުން ފާޅުކޮށް، އަދި ހުވަދުގެ އަތޮޅުގެ ބައެއް މަސްވެރިން އިއްޔެ ކޫއްޑޫގައި އިހްތިޖާޖުވެސްކޮށްފައި ވާއިރު، ރޮޒައިނާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޤަރާރުގައި ގޮވާލައްވާފައި ވަނީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަވަހަށް ދީ ނިންމުމަށެވެ. ރޮޒައިނާ ވިދާޅުވީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކޮށްފައި ނުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރި އާއިލާތަކަށް މާލީ ދަތިތަކާއި ދިމާވެފައި ވާއިރު، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުދީ ޔުޓިލިޓީ ބިލްތައް ނުދެއްކި އޮތުމުން، ޚިދުމަތް ކަނޑާލާނެ ކަމުގެ ނޯޓިސް ފޮނުވުމަކީވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުުރުން، މަހުގެ އަގަށް މިސަރުކާރުން ގެނައި ބަދަލާއި މެދުވެސް ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން މަސްގަތުމަށްފަހު، ފަހުން ކުޑަކުރި އަގަށް މަސްވެރިންނަށް ފައިސާ ދޭން ނިންމުމަކީވެސް ޤާނޫނީ ގޮތުން ބަލާއިރު އެކަން ކުރެވޭނެ ގޮތް ނޫންކަންވެސް ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފައިސާ ނުދެވިގެން އުޅެނީ ދައުލަތުގެ މާލީ ހާލަތު ގޯސްވެގެން ކަމުގައި ބުނާއިރު، ސިޔާސީ ވަޒީފާތަކާއި މަޤާމުތަކަށް މީހުން އިތުރުކުރަމުންދާތީ، މެމްބަރު ރޮޒައިނާ ވަނީ އެކަމާއި ގުޅޭ ގޮތުންވެސް ސުވާލު އުފައްދަވާފައެވެ.

އިއްޔެ އައްޑޫ ސިޓީގައި، މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެެރެއިން 298 މިލިޔަން ރުފިޔާ ނުދެވި އެބައޮތް ކަމަށެވެ. އަދި އެފައިސާ ރޯދައިގެ ކުރިން މަސްވެރިންނަށް ދޫކުރައްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދަކީ، މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުން ނަމަވެސް އެވަޢުދަކީ ފުއްދޭނެ ވަޢުދެއް ނޫންކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވެސް ވަނީ ފާހަގަކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ހަފްތާއިން ހަފްތާއަށް މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމަށް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.