Advertisement

އާދަމް އާޒިމް އާއްމުންނާއި ބައްދަލުކުރެއްވުން ---

10 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަސްމާރުކޭޓް ސަރަހައްދަކީވެސް ރީތި، ނަލަ ތާކަށް ވާންޖެހޭ: އާޒިމް

މާލޭގެ މޭޔަރު ކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، މާލޭގެ މަސްމާރުކޭޓް ސަރަހައްދަކީ ރީތި ނަލަ ސަރަހައްދަކަސް ހައްދަވައި ދެއްވާނެ ކަމުގައި، އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެންވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ރާއްޖޭގެ މަސްވެރިންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓްގައެވެ.

އާޒިމް ވިދާޅުވީ، މަސްމާރުކޭޓް ސަރަހައްދަކީވެސް ރީތި، ނަލަ ތާކަށް ވާންޖެހޭކަމަށާއި،  މަސްވެރިންނަށާ މަސްކަނޑާދޭ މީހުނަށް ފެންވަރާލާ، ނަލަވެލެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި މާލޭގެ މޭޔަރުގެ މަޤާމަށް އާޒިމް އިންތިޚާބުކޮށްފިނަމަ އެކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގައި އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް ---

އެމްޑީޕީގެ ޓިކެޓުގައި އާޒިމް މާލޭ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ވާދަކުރައްވާއިރު، އާޒިމްއާއެކު ދެން މިއިންތިޚާބުގައި ވާދަކުރައްވަނީ، ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރާއި، ރައީސް ޔާމީނު އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްގެ ޓިކެޓްގައި ވާދަކުރައްވާނެކަމަށް ބެލެވޭ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.