Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

01 Mar 2024
ޚަބަރު

މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް އިސްލާހެއް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ. މިއީ މަޖިލީހުގައި ތިއްބަވާ އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.

ހުރިހާ ޕާޓީއަކުން ވެސް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ ރޮޒައިނާ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވަނީ ބިލު ހުށަހެޅުއްވީ މަޖިލީހަށް އިންތޚާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ޤައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ކަމަށެވެ. އަދި ޤައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމާއި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި ފުރުސަތުތައް ހުޅުވާލަދިނުމަކީ ވެސް މި ބިލުގެ މަގުސަދެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކުރައްވާފައިގޮތުން މަޖިލީހުގެ %33 ޚާއްސަ ކުރަން ޖެހޭނީ އަންހެނުންނަށެވެ. އަދި އަންހެން މެންބަރުން އިންތިޚާބުކުރާ ދާއިރާތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށާއި އެ ދާއިރާތައް ކަނޑައަޅާނީ ދާއިރާތައް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަކަށް ކަމަށެވެ.

ހުރިހާ ދާއިރާއެއްގައި އަންހެނުން ތަމްސީލުވެ ނިމުމުން ދެން އިންތިޚާބު ކުރާނެ ގޮތެއް މަޖިލީހުން ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ. ރޮޒައިނާ ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެ ތަސްދީގު ކުރެއްވުމުން އެ އިސްލާހާ އެއްގޮތަށް މަޖިލިސް އިންތިޚާބު ބާއްވަން ފަށާނީ 2029 އިން ފެށިގެން ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.