Advertisement

21 Apr 2024
އައްޑޫ ސިޓީ

މަޖިލީހުގެ ރައީސް، އަސްލަމްގެ ގޮނޑި ދިފާއެއް ނުކުރެވުނު

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުޙައްމަދު އަސްލަމްގެ ގޮނޑި ދިފާއު ނުކުރެވި، 4 ދައުރަށްފަހު މަޖިލިސް އިންތިހާބުގައި އަސްލަމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑޭޓު، މުޙައްމަދު ސިނާނުއެވެ. މި ދާއިރާއަށް ޖުމްލަ 7 ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު، ސިނާނަށްފަހު ދެން އެންމެ ގިނަ ވޯޓު ލިބިފައިވަނީ އަސްލަމަށެވެ.

ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރާ 7 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ، ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން، ޑިމޮކްރެޓްސްގެ ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 4 ކެނޑިޑޭޓެކެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ 7 ދާއިރާއަށް ވެސް އިންތިހާބުވީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ނަމަވެސް މިތަނުން 4 މެންބަރަކުވަނީ ފަހުން ޕާޓީ ބަދަލުކުރައްވާފައެވެ. އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ބަދަލުވެފައިވަނީ ދަ ޑިމޮކްރެޓްސްއަށެވެ. އަދި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފް ބަދަލުވެފައިވަނީ ޕީއެންސީއަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.