Advertisement

މޯލްޑިވިއަންގެ އޭޓީއާރް ފްލައިޓެއް ގަން އެއާޕޯޓުގައި ---

04 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވިއަންއިން ގަމާއި ކޫއްޑޫ އާއި ދެމެދު ޝެޑިއުލް ދަތުރުތައް ފަށަނީ

އައްޑޫ ސިޓީ ގަމާއި، ގއ. ކޫއްޑޫ އާއި ދެމެދު ސީދާ ދަތުރުތައް ހަފްތާއަކު ދެފަހަރު ބޭއްވުމަށް މޯލްޑިވިއަނުން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނީ، މިދަތުރުތައް އޮންނާނީ ހަފްތާގެ އަންގާރަ އަދި ހޮނިހިރުގައި ކަމަށެެވެ. މިގޮތުން މިދަތުރުތަކުގައި ބޭނުން ކުރާނީ މޯލްޑވިއަންގެ ޑޭޝް-08 އަދި އޭޓީއާރް އެއަރކްރާފްޓްތައްކަންވެސް އެއެއާލައިނުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވިއަންއިން ބުނީ، ސައުތު ކަނެކްޓިވިޓީ އިނީޝިއެޓިވްގެ ތެރެއިން ފަށާ މިދަތުރުތަކަށް މިއަދުންފެށިގެން ޓިކެޓް ބުކް ކުރެވެން ހުންނާނެ ކަމަށެެވެ. މޯލްޑިިވިއަން އިން ބުނީ މިޚިދުމަތާއި އެކު ސްރީލަންކަން އެއާލައިންސްއިން ގަމަށް އަންނަ ފަތުރުވެރިންނަށް، ޑައިރެކްޓް ފްލައިޓްގައި ހުވަދު އަތޮޅުގެ ރިޒޯޓުތަކަށް ދިޔުމަށް މަގުފަހިވާނެ ކަަމަށެވެ. 

ހުވަދު އަތޮޅުގައި 2100 ޓޫރިސްޓް އެނދު ހުންނައިރު، ފަތުރުވެރިންނަށާއި ދިވެހިންނަށްވެސް ދަތުރުފަތުރު ކުރުމުގައި ދިމާވަމުން އަންނަ ބުރަތަކަށް މިކަމުން ލުޔެއް ލިބިގެންދާނެއެވެ.

ސައުތު ކަނެކްޓިވިޓީއަކީ، ދިވެހި ސަރުކާރުން އިސްނަގައިގެން ، ރާއްޖެގެ ދެކުނުގެ ސަރަހައްދުގެ ތަރައްޤީއަށް އެހީތެރިވެދިނުމަށްޓަކައި، މޯލްޑިވިއަން އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަދި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެމްއެމްޕީއާރްސީން ގުޅިގެން ފަތުރުވެރިކަން އިތުރަށް ގުޅުވައިދީ، ވިޔަފާރީގެ ގުޅުންތައް ފޯރުކޮށް ދިނުމަށް ހިންގާ ހަރަކާތެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.