Advertisement

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް އެޅުމުގެ މަސައްކަތުގެ ތެރެއިން ---

05 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫ ބުރިޖުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫ ސިޓީގައި އަޅުއްވައި ދެއްވާނެކަމަށް ވިދާޅުވި ބުރިޖާއި ގުޅޭ މަސައްކަތްތައް ވަަރަށް އަވަހަށް ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރެއްވުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި  ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީވެސް ހަމަ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އެމަނިފާނު އަރިހުގައި ދަންނަވައިގެން ކުރަން ރޭވިފައި ހުރިކަންކަން ކަމަށެވެ. މިގޮތުން އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުދޫއާ މީދު އައްޑޫ ސިޓީގެ އެހެން ރަށްތަކާއި ގުޅައިލުމަށް އަޅުއްވާނޭ ކަމުގައި ވަޢުދުވެ ވަޑައިގެންނެވި ބުރިޖުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައްޑޫގައި އެ ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް އަޅުގަނޑުމެން ބަޔަކާ ހަވާލުކުރާނަން. އޭރުން އެ ބްރިޖްގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓެއް ހޯދައި، މަސައްކަތް ހަވާލުކުރުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއް އެ މަސައްކަތުން ފަހިވެގެން އެބަދޭ. ފުރިހަމަ ވެގެންދާނެ. އެހެންވީމާ، އެ މަސައްކަތްވެސް ވަރަށް އަވަހަށް ހަވާލު އެބަކުރެވޭ."

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައިވެސް އިންފްރާސްޓްރަކްޗަރގެ ދާއިރާއިން ކުރަން ނިންމާފައިވާ ކަންކަން ވަރަށް ބާރު ސްޕީޑްގައި ކުރިޔަށް އެބަގެންދަވާ ކަމަށާއި، އެ މަސައްކަތްތަކުގެ ފުރަތަަމަ މަރުޙަލާގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން ދާކަމަށެވެ.

އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުމީދޫ އޮންނަނީ އިރުމަތީ ބިތުގައި ކަމަށް ވާއިރު ހުޅަނގު ބިތުގައި އޮންނަ ހިތަދޫއާއި ހުޅުމީދޫއާ ދެމެދު 9 މޭލު ހުރެއެވެ. އަދި ހުޅުމީދޫ އާއި އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އެކު ދެކުނު ބިތުގައި އޮންނަ ގަމާއި ދެމެދު 4 މޭލު ދުރުމިން ހުރެއެވެ. އައްޑޫގެ ކޮންމެ ފަރާތަކުން މިރަށްތަށް ގުޅާލަން ނިންމި ނަމަވެސް މަދުވެގެން ދެ ކޯޒްވޭ މަގާއި ކަނޑުއޮޅިތައް ހުރަސްކޮށް ދެ ބުރިޖް އަޅަން ޖެހޭނެއެވެ. ކޯޒްވޭތަކާއި ހައިވޭތަކާއި އެކު ގުރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖުމުލަ ދިގުމިނަކީ، 3.4 މޭލެވެ. ސިނަމާލެ ބުރިޖުގެ ދިގުމިނަކީ، 0.91 މޭލެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.