އެމްއޭސީއެލް
އެމްއޭސީއެލް
09 Apr 2024
ޚަބަރު
އީދު އަލިން ވެލާނާ އެއާޕޯޓު ދިއްލާލައިފި
އެމްއޭސީއެލުން ވަނީ، އެއާޕޯޓުގެ ހާބަރާއި މަގުތަކުގައި އީދާއި ގުޅޭ ޑިޒައިންތަކުގެ ބޮކިތަކާއި ގިޑިގެތައް ހަރުކޮށް ދިއްލާފައެވެ.
18 Mar 2024
ޚަބަރު
ވީއައިއޭގެ އެތެރޭގެ މަގުތައް ހެދުމާއި ގުޅޭ ގޮތުން އާރްޑީސީއާއެކު އެމްޔޫއޯއެއްގައި ސޮއެކޮށްފި
މި ފަހުމު ނާމާގައި، އެމް.އޭ.ސީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.
28 Feb 2024
ޚަބަރު
ވީއައިއޭގައި "ސްމާޓް ގޭޓް" ޚިދުމަތް ތައާރަފްކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްމާޓް ގޭޓްގެ ޚިދުމަތް ގާއިމު ކުރުމާއެކު، މިއެއަރޕޯޓުން ޚިދުމަތް ހޯއްދަވާ ދަތުރުވެރިންގެ ކްލިއަރަންސް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ޚިދުމަތް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
22 Feb 2024
ޚަބަރު
އެމްއޭސީއެލްގެ މަސައްކަތް އެއް މިސްރާބަކަށް ގެންދިއުމަށް ޚާއްސަ ފޯރަމެއް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.
14 Feb 2024
ޚަބަރު
ރާއްޖެއަށް ޝިއަންމެން އެއަރގެ ދަތުރުތައް ފަށައިފި
07 Feb 2024
ޚަބަރު
އެމްއޭސީއެލްއަށް 2 ޑެޕިއުޓީ އެމްޑީން އައްޔަންކުރައްވައިފި
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މުޖްތަބާ ލަތީފްއާއި، މުޙައްމަދު ލަމާންއެވެ. އެ ބޭފުޅުން މަޤާމާއި ހަވާލުވެވަޑައިގަތުމުން އެ ކުންފުނިން ވަނީ މަރުހަބާވެސް ދަންނަވާފައެވެ.
01 Feb 2024
ޚަބަރު
ވީއައިއޭގެ އައު ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގައި އެއިރޯ ބްރިޖެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.
19 Jan 2024
ޚަބަރު
ހޮންގް ކޮންގް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި
ހޮންގް ކޮންގް އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ. މި އެއަރލައިނުން ރާއްޖެއައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއެކު، ރަތްފިނިފެންމަލުން ވަނީ މަރުޙަބާ ކިޔާފައެވެ.
15 Jan 2024
ޚަބަރު
އާޓާމިނަލާއި އެކު އަހަރަކު 120000ޓަނުގެ ކާގޯ ހޭންޑްލް ކުރެވޭނެ: ޝަރީފް
ޝަރީފް ވިދާޅުވީ، 2018 ވަނަ އަހަރު އައު ކާގޯ ޓާރމިނަލްގެ ބިންގާ އެޅި މަސައްކަތް ފަށައި 2022 ވަނަ އަހަރު އިމާރާތް ނިމުނު ނަމަވެސް އެތަން ހުރީ ބޭނުން ނުކުރެވި ކަމަށެވެ. އަދި މިޖެނުއަރީ މަހުގައި އައު ޓާމިނަލްއާ ހަވާލުވުމަށް ފަހުގައިވެސް ބޭނުން ނުކުރެވި ދުވަސްތަކެއް ދިޔަ ކަމަށެވެ. އެގޮތުން އެފަދަ ބޮޑު ފެސިލިޓީއެއް ބޭނުން ނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީވެސް އިސްރާފްވާ ފައިސާ ކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެެވެ.
15 Jan 2024
ޚަބަރު
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ކާގޯ ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި
މިއަދު ހުޅުވި މިކާގޯ ޓާމިނަލްއަކީ ކުރިން ބޭނުން ކުރަމުން އައި ކާގޯ ޓާމިނަލްއަށް ވުރެ 222 އިންސައްތަ ބޮޑު ޓަރމިނަލެކެވެ. އައު ކާގޯ ޓާމިނަލުގެ ބޮޑު މިނަކީ، 11628.90 އަކަ މީޓަރަވެ. ކުރިން ބޭނުން ކުރަމުން އައި ޓަރމިނަލަކީ، 8514 އަކަމީޓަރުގެ ޓަރމިނަލެކެވެ.
07 Jan 2024
އެމްއޭސީއެލް
ވީއައިއޭގައި މިހާތަނަށް އެންމެ ގިނަ ސީޕްލޭން މޫމަންޓްސް ރެކޯޑް ކުރެވުނީ މިދިޔަ އަންގާރަ ދުވަހު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ސީޕްލޭން މޫމަންޓްސްއާއިއެކު އައު ރިކޯޑެއް ހަދައިފިއެވެ. މި ރެކޯޑް ހަދާފައިވަނީ މިދިޔަ އަންގާރަ ދުވަހުކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
05 Jan 2024
ޚަބަރު
މިއަހަރުގެ ނިޔަލަށް ވީއައިއޭގެ ތަރައްޤީގެ މަޝްރޫއުތަކުގެ ބޮޑުބައެއް ނިމި އިތުރު %25 ވަޒީފާ އުފެދޭނެ: ޝަރީފް
ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަލް އެއާޕޯޓު ތަރައްޤީކުރުމަށް މިހާރު ހިނގަމުންދާ މަޝްރޫޢު، ތަކުގެ ތެރެއިން އައު ޓަރމިނަލް ނިންމައި ޚިދުމަތް އަވަހަށް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ. މިގޮތުން އެކަމަަށް ބޭނުންވާ ޓާސްކްފޯސްތައް އުފައްދައި، މަސައްކަތް އަވަސް ކުރާނެ އިންތިޒާމްތައް ހަމަޖެހި ވަނީ ރޭވިފައި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްގޮތަށް ސަރުކާރުން ބޭނުންވާ ސްޕީޑުގައި އެމަސައްކަތްތައް އަވަހަށްކޮށް ނިންމާލެވޭނެ ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.
05 Jan 2024
ޚަބަރު
އައްޑޫ ބުރިޖުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީވެސް ހަމަ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އެމަނިފާނު އަރިހުގައި ދަންނަވައިގެން ކުރަން ރޭވިފައި ހުރިކަންކަން ކަމަށެވެ. މިގޮތުން އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުދޫއާ މީދު އައްޑޫ ސިޓީގެ އެހެން ރަށްތަކާއި ގުޅައިލުމަށް އަޅުއްވާނޭ ކަމުގައި ވަޢުދުވެ ވަޑައިގެންނެވި ބުރިޖުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
05 Jan 2024
ޚަބަރު
ވެލާނާ އެއާޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއާއި، އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި
މިރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ހިނގަމުންދާ މަސައްކަތްތަކާ އެކުއެކީގައި މިރޭ އިފްތިތާހް ކުރެވުނު މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. މިގޮތުން، މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ޖުމްލަ 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ނަމަވެސް މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެއަދަދު ޖުމްލަ 25 މިލިޔަނަށް އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
01 Jan 2024
ޚަބަރު
މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ކުލަގަދަ ހަރަކާތްތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ބާއްވާފައެވެ. މިގޮތުން އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުމަށް، މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލް އާއި، އެމްއެމްޕީއާރްސީގެ އިސްވެރިންނާއި، އެމްއޭސީއެލްގެ އިސްވެރިން ވަޑައިގެންނެވިއެވެ.
29 Dec 2023
ވިޔަފާރި
ވީއައިއޭގައި ޖެޓް ޕާކުކުރެވޭ ޖާގަ އިތުރުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޖެޓްތައް ޕާކުކުރުމަށް ޖާގަ އިތުރުކޮށްފިއެވެ. ކޮންމެ އަހަރެއްގެ ފިނި މޫސުމާއި އަދި އައު އަހަރާއި ދިމާކޮށް ވީއައިއޭއަށް ގިނަ އަދަދެއްގެ ޖެޓްތައް އާދެއެވެ. އެމްއޭސީއެލްއިން ބުނީ ޖެޓްތައް ޕާކުކުރެވޭ ޖާގަ އިތުރުކޮށް މި އަހަރުގެ ފިނި މޫސުމުގެ ޗުއްޓީއަށް ވީއައިއޭ ތައްޔާރުވެފައިވާކަމަށެވެ.