Advertisement

ޕެނަލް ޑިސްކަޝަންގައި އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: އެމްއޭސީއެލް

13 Jul 2024
ވިޔަފާރި
މިފްތާޙް މުޙައްމަދު

އަމާޒަކީ މި އަހަރުގެ ވިންޓާ ސީޒަންގައި ގަޑިއަކު 84 ސީޕްލޭން އުދުއްސާލުން: ޝަރީފް

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އަމާޒަކީ މި އަހަރުގެ ވިންޓާ ސީޒަންގައި ގަޑިއަކު 84 ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން އުދުއްސާލެވޭނެ މަގު ފަހިކޮށްދިނުން ކަމުގައި، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅު ކިޔައިދެއްވަމުން އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، މި މަހުގެ 9 އިން 11 އަށް ކުރިޔަށް ދިޔަ އެއަރ ސާރވިސް ވޯލްޑް ކޮންގްރެސްގެ ޕެނަލް ޑިސްކަޝަން ގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ޝަރީފް ވިދާޅުވީ، މިހާރުގެ އިންތިޒާމުތަކާއެކު އެންމެ ބާރު ބޮޑު ވަގުތު ތަކުގައި ކޮންމެ މިނެޓަކުން ސީޕްލޭނެއް ޓޭކް-އޯފް ކުރެއެވެ. އެއީ އެއް ގަޑިއިރަށް ބަލާނަމަ 60 އުދުހުމެވެ. އަދި ބައެއް ފަހަރު މި އަދަދު 70 އަށް އަރާކަމަށް ވެސް ޝަރީފް ފާހަގަ ކުރެއްވެވިއެވެ.

ވިންޓާ ސީޒަނަށް ސީޕްލޭންގެ އޮޕަރޭޝަންތައް އިތުރު ކުރުމަށް ޝަރީފް ގެންގުޅުއްވާ އެއް ވިސްނުން ފުޅަކީ، އިތުރު ވޯޓަރ ރަންވޭއެއް އެޅުމެވެ.

ސީޕްލޭންގެ އުދުހުންތައް އިތުރު ކުރަން ބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ، އިރުއޮއްސި 6 ޖަހާއިރަށް އޮޕަރޭޝަންތައް ހުއްޓާލަން ޖެހުމެވެ. ނަމަވެސް، ގަޑިއިރަކު 84 ސީޕްލޭން އުދުއްސާލުމަށް ޝަރީފް ގެންގުޅުއްވާ އަނެއް ވިސްނުންފުޅަކީ، އިރުއޮއްސޭ ފަހުން ވެސް ސީ ޕްލޭނަށް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވެވި ގޮތުގައި، މިކަމަށްޓަކައި ވޯޓަރ ރަންވޭ ދިއްލަން ޖެހޭނެ ކަމަށާއި، އަދި މިފަދަ ރަންވޭއެއްގައި ބޭނުންކުރެވޭނެ އަލިކަމަކާ ގުޅޭ ގޮތުން ކަމާ ގުޅޭ މާހިރުންނާ މަޝްވަރާ ކުރައްވާނެއެވެ.

މި މަސައްކަތްތައް ކާމިޔާބުވެއްޖެ ނަމަ، ޓުއަރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާ ކުރުމަށް އެހީތެރިކަމަކަށް ވާނެއެވެ.

ޝަރީފްގެ މި ޚިޔާލުފުޅާ ގުޅިގެން އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ފާހަގަ ކުރައްވާފައިވާ ގޮތުގައި، ރޭގަނޑު ފްލައިޓް އޮޕަރޭޓު ކުރުމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ، ފެން މަތީގައި ފްލޯޓުވާ ތަކެތި ޕައިލެޓުންނަށް ފެންނަން އުނދަގޫވުމެވެ. މިސާލަކަށް ފްލޯޓުކޮށްފައި ހުންނަ ލަކުޑިބުރިފަދަ ތަކެއްޗާއި ކުނި ފަދަ ތަކެއްޗެވެ. އަދި ރަންވޭއަށް ޖައްސާ މަތިންދާބޯޓުތަކުގައި ބޭނުންކުރާ ފެންވަރުގެ ނެވިގޭޓުކުރާ އާލާތްތައް ސީޕްލޭންގައި ނުހުރުމަކީ ވެސް މިކަމަށް އޮތް އުނދަގުލެއްކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

ކޮމެންޓް
އަހުމަދު
ވޯޓަރ ރަންވޭ ދިއްލައިގެން ނައްޓާލާ ފުލައިޓް ގޮސް ޖައްސަނީ ކޮންތާކަށްބާ. މިމީހުނަށް ކިޔޭނުކިޔޭ އެއްވެސް ހަމަ ނޭނގެނީބާ.
13 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.