Advertisement

ވެލާނާ އެއަރޕޯޓު ---

03 Apr 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ހުކުރު ދުވަހު އެއާރޕޯޓު ބާރުބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް އަންގައިފި

ހުކުރު ދުވަހުގެ މެންދުރުފަހު ޢުމްރާއިން މީހުން އެނބުރި އަންނާނެތީ، ވެލާނާ އެއަރޕޯޓު ބާރުބޮޑުވާނެ ކަމަށް ލަފާކޮށް، ފުރަންދާ ފަރާތްތަކުން ދުރާލާ އެއަރޕޯޓަށް ދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލްއިން ވަނީ އުމްރާއިން މީހުން އަންނަ ފްލައިޓުތައް ދެ ގަޑިއެއްގައި އަންނާނެކަން ހާމަކޮށްފައެވެ. އެއީ މެނދުރުފަހު 2:00 އާއި ހަވީރު 4:00 ގައެވެ. އެކުންފުނިން ދަތުރުފަތުރުގެ ޚިދުމަތް ދެއްވާ ފަރާތްތަކާއި ޓެކްސީތަކުންވެސް މިގަޑިތަކުގައި އެއަރޕޯޓުގެ ޓްރެފިކް ތޮށްޖެހުން ކުޑަކުރުމަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

އެހެންކަމުން އޮޕަރޭޝަންތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެއަރޕޯޓަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ޗެކިން އަދި ސެކިއުރިޓީ ކްލިއަރެންސް ހެދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ރަމަޟާން މަހު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 577 މީހުން ޢުމްރާގެ އަޅުކަން އަދާކުރާނެއެވެ. އޭގެތެރޭގައި މުޅި ރަމަޟާން މަހުގެ ޢުމްރާވެރިންނާ އަދި ފަހު 15އަށް ދަތުރުކުރާ މީހުން ހިމެނެއެވެ. ހައްޖު ކޯޕަރޭޝަން އިތުރުން، އަމިއްލަ ކުންފުނިތަކާއެކުވެސް މިފަހަރު ރޯދަ ޢުމްރާއަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.