Advertisement

ދާލަން އެކްސްޕޯގެ ތެރެއިން --

17 Nov 2024
ޚަބަރު

ާދާލަން ކެރިއަރ އެކްސްޕޯ 2024 ގައި އެމް.އޭ.ސީ.އެލްގެ ސްޓޯލަށް ބޮޑުތަރުހީބެއް

ދާލަން ކެރިއަރ އެކްސްޕޯ 2024 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސްޓޯލަށް ބޮޑުތަރުހީބެއް ވަނީ ލިބިފައި ކަމުގައި އެކުންފުނިން ވިދާޅުވެއްޖެއެވެ.

ދާލަން އެކްސްޕޯއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިންތިޒާމް ކޮށްގެން ނޮވެންބަރު 15 އިން 16އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ އެކްސްޕޯއެކެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، ހުޅުމާލެ، ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި އެމް.އޭ.ސީ.އެލްގެ ސްޓޯލަށް ޖުމްލަ 3،377 މީހުން ވަނީ ޒިޔާރަތްކޮށްފައި ކަމަށެވެ. އަދި އޭގެ ތެރެއިން 600 މީހުން ވަޒީފާއަށް އެދި ފޯމު ފުރިހަމަކޮށްފައިވާއިރު، 103 މީހަކު ވަނީ އިންޓަރންޝިޕް ފުރުސަތުގައި ބައިވެރިވުމަށް އެދި ފޯމު ފުރިހަމަ ކޮށްފައި ކަމުގައިވެސް އެކުންފުނިން ވިދާޅުވެއެވެ. މިއެކްސްޕޯގައި އެމް.އޭ.ސީ.އެލްގެ 20 ޑިޕަރޓްމަންޓަކުން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް ކުރިއަށްދާ ގޮތާއި، ކުރެވޭ މުހިއްމު މަސައްކަތްތައް ވަނީ ދައްކާލާފައެވެ.

މިގޮތުން އެމް.އޭ.ސީ.އެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފެއަރގެ ތެރެއިން ވަނީ ވަޒީފާގެ ލިޔުން ހަވާލުކޮށްފައި ކަމަށާއި، އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފު ކަމުގައިވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި ބާކީ ހުރި އެޕްލިކޭޝަންތައްވެސް ޕްރޮސެސް ކުރުމަށްފަހު އިތުރު މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށާއި، މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކޮށް ރެޖިސްޓަރ ކުރި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު 5 މީހަކަށް ލެޕްޓޮޕް އަދި 10 މީހަކަށް އެހެނިހެން ހަދިޔާތައް ދީފައި ވާކަމުގައިވެސް އެމް،އޭ،ސީ،އެލްއިން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދާލަން ކެރިއަރ އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ގުޅުވައި ދިނުމެވެ. މި އެކްސްޕޯގައި އެމް.އޭ.ސީ.އެލްގެ ބައިވެރިވެފައިވަނީ ރާއްޖޭގެ އިގްތިސާދާއި، ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތައް ދައްކުވައިދިނުމުގެ މަގުސަދުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.