އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއެކު ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޮސްޓްކުރާ މިކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭވިއާ މޯލްޑިވްސް، މާގިރި ހޮޓެލް، ސްކައިޓުއަރސް މޯލްޑިވްސް، ވިލާ ޓްރެވަލްސް އަދި މޯލްޑިވްސް ފްލައިޓް ސަޕޯޓްއެވެ. މި ކޮންގްރެސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އެއަރޕޯޓުތަކާއި، އެއަރލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސްމަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.