Advertisement

ފޮޓޯ: ނޫން އޮންލައިން

19 Jan 2024
ޚަބަރު

ހޮންގް ކޮންގް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

ހޮންގް ކޮންގް އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ. މި އެއަރލައިނުން ރާއްޖެއައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއެކު، ރަތްފިނިފެންމަލުން ވަނީ މަރުޙަބާ ކިޔާފައެވެ.

މި އެއަރލައިނުން ރާއްޖެއަށް ޖުމްލަ 209 ފަތުރުވެރިން ވަނީ އައިސްފައެވެ. ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށިއިރު މި އެއަރލައިންގެ ދަތުރުތައް ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ކުރާނެއެވެ.

މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއަރބަސް އޭ330 މަރުކާގެ ބޯޓުތަކެކެވެ. އެއީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންއާއި، އެމްއޭސީއެލްއާއި، އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޮންގް ކޮންގް އެއާލައިންއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފެށީ 2011 ގައެވެ. އޭރު ރާއްޖެއަށް ކޮށްފައިވަނީ ޗާޓަރ ދަތުރުތަކެކެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ތެރޭގައި އެ އެއަރލައިނުން ވަނީ ޝެޑިއުލް ދަތުރުތަކެއް ރާއްޖެއަށް ކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް 2019 ވަނަ އަހަރު ހުއްޓާލަން ޖެހުނީ ކޯވިޑް19ގެ ސަބަބުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.