Advertisement

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އާޓާމިނަލާއި އެކު އަހަރަކު 120000ޓަނުގެ ކާގޯ ހޭންޑްލް ކުރެވޭނެ: ޝަރީފް

މިއަދު ހުޅުވިގެން ދިޔަ އައު ކާގޯ ޓާމިނަލާއިއެކު އަހަރަކު 120000 ޓަނުގެ މުދާ އެމްއޭސީއެލްއަށް ހޭންޑްލް ކުރެވޭނެ ކަމުގައި އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އެމްއޭސީއެލްގެ އައު ކާގޯޓާމިނަލް ހުޅުވުމަށް މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރީފް ވިދާޅުވީ، ކުރިން ކާގޯޓާމިނަލްގެ ގޮތުގައި ބޭނުން ކުރި އިމާރާތަކީ 40 އަހަރުވެފައިވާ ތަނެއް ކަމަށާއި، އެތަނުގައި އަހަރެއްގެ މައްޗަށް ހޭންޑްލް ކުރެވެނީ 50000 ޓަނު ނަމަވެސް، އޯވަރ ކެޕޭސިޓީގައި 75000 ޓަނުގެ މުދާވެސް ހޭންޑްލްކުރެވިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، 2018 ވަނަ އަހަރު އައު ކާގޯ ޓާރމިނަލްގެ ބިންގާ އެޅި މަސައްކަތް ފަށައި 2022 ވަނަ އަހަރު އިމާރާތް ނިމުނު ނަމަވެސް އެތަން ހުރީ ބޭނުން ނުކުރެވި ކަމަށެވެ. އަދި މިޖެނުއަރީ މަހުގައި އައު ޓާމިނަލްއާ ހަވާލުވުމަށް ފަހުގައިވެސް ބޭނުން ނުކުރެވި ދުވަސްތަކެއް ދިޔަ ކަމަށެވެ. އެގޮތުން އެފަދަ ބޮޑު ފެސިލިޓީއެއް ބޭނުން ނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީވެސް އިސްރާފްވާ ފައިސާ ކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ތަރައްޤީކޮށްފައިވާ މި އައު ކާގޯ ޓަރމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓަރމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓަރމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ޚިދުމަތްދެވޭ އިރު މި އައު ކާގޯ ޓަރމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.