Advertisement

އެމް.އޭ.ސީ.އެލްް އިން ހުރަވީ ސްކޫލަށް ބައެއް ތަކެތި ހަދިޔާ ކުރުން --

27 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ހުރަވީ ސްކޫލުގެ "ހުނަރު ވެހި" އަށް ބޭނުންވާ ބައެއްތަކެތި އެމްއޭސީއެލްއިން ހަދިޔާކޮށްފި

ހުރަވީސްކޫލުގެ ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އަށް ބޭނުންވާ ބައެއްތަކެތި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން އެސްކޫލަށް، ހަދިޔާކޮށްފިއެވެ.

ހުރަވީސްކޫލުގެ ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ހުރަވީ ސްކޫލު ގުޅިގެން ޤާއިމްކޮށްފައިވާ، ތަނެކެވެ.

އެމްއޭސީއެލްއިން އިއްޔެ ހުރަވީ ސްކޫލަށް ހަދިޔާކޮށްފައި ވަނީ، ހުނަރުވެހީގައި ކުރިޔަށް ގެންދާ ތަމްރީނުތަކުގައި ބޭނުންކުރާނެ ތަކެއްޗެވެ. އެމް.އޭ.ސީ.އެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލްގައި މިދިޔައަހަރު ހުޅުވި ހުނަރު ވެއްސަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އުފެއްދުންތެރިއަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށްމަގުފަހިކުރުމުގެ ގޮތުން ހުޅުވި ތަނެކެވެ.

ހުނަރު ވެހީގައި މިހާތަނަށް ތަފާތު އެކި ދާއިރާތަކުން ދަރިވަރުން ދަނީ ގައުމީފެންވަރުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ފުރިހަމަ ކުރަމުންނެވެ. އެގޮތުން، މިވަގުތު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ދަނީ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯސް އަދި 15 ދަރިވަރަކު ދަނީ ފަހަންދަސްކުރުމުގެ ސެޓްފިކެޓް ލެވެލެ 3ގެ ކޯސް ފުރިހަމަ ކުރަމުންކަމުގައި އެމްއޭސީއެލްއިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.