Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް --

12 Apr 2024
ރިޕޯޓް
ޢަލީ ސުލައިމާން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 58 އަހަރު: މިހާރު އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ

އިނގިރޭސީންގެ ޙިމާޔަތުން ނެއްޓި ދިވެހީން މިނިވަންކަމަށް ކުރި ދަތުރުގެ ތެރޭގައި، ދިވެހިންގެ ބުރަ މަސައްކަތާއި ދިވެހި ޤައުމު ހިންގެވުމުގައި މީގެ 64 އަހަރުކުރިން ތިއްބެވި ބޭފުޅުންގެ ވިސްނުންފުޅާއި އެކު، މިއަދު މިފެންނަ ތަރައްޤީއަށް ހުޅުވާލެއްވި ދޮރާއްޓަކީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދޮރާށި ހުޅުލޭ އެއާޕޯޓެވެ. 19 އޮކްޓޫބަރު 1960ގައި ރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރުފެށިގެން ދިޔަ ނަމަވެސް، ޚާއްޞަ އޮފީހެއްގެ ދަށުން ހުޅުލޭ އެއާޕޯޓުގެ ޚިދުމަތް ސަރުކާރުން ފެއްޓެވީ، 12 އޭޕްރީލް 1966 ގައެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް 58 އަހަރު ފުރުނީއެވެ.

ހުޅުލޭ އެއާޕޯޓް އޮފީސް --

އެއާޕޯޓު ހުޅުވުނުތާ 6 އަހަރު ފަހުން 1972ގައި ރާއްޖޭގައި، ފަތުރުވެރިކަން ފެށި ފުޅާވެގެން އައުމާއެކު ދުވަހުން ދުވަހަށް މަހުން މަހަށް އެއާޕޯޓު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ އެއާޕޯޓު ދިވެހިރާއްޖޭގެ އިޤުތިޞާދުގައި ހިއްޞާކުރާ މިންވަރު އައީ އިތުރުވަމުންނެވެ. މިގޮތުން މިއަދު ވެލާނާ އެއާޕޯޓަކީ، ރާއްޖޭގެ އިޤުތިޞާދު އެކަމެއްގެ މައްޗަށް ބަރޯސާވެވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތުގެ މައިބަދައެވެ.

މީގެ 58 އަހަރު ކުރިން އޭރުދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ކުރިއެރުންތައް އޮތް  ހިސާބަށް ބަލާއިރު، ވަރަށް އާދައިގެ ގޮތަކަށް ފެށިގެން އައި އެއާޕޯޓު މިއަދު ވަނީ ކުރިއަރައި ދުނިޔޭގެ ފެންވަރުގެ މައި އެއާޕޯޓަކަށް ވެފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ޒަމާނާއި ގުޅޭ ގޮތަށް ތަރައްޤީކޮށް، އިންޓަރނޭޝަނަލް އެއާޕޯޓެެއްގެ ގޮތުގައި ހުޅުވީ 11 ނޮވެމްބަރު 1981 ގައެވެ. އޭގެ ފަހުން 1 ޖެނުއަރީ 1994ގައި އެއާޕޯޓުގެ ހިންގުން މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ދަށަށް ބަދަލު ކުރެއްވުމަށް ފަހުގައި، 1 އޮގަސްޓް 2000ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕނީ ލިމިޓެޑް އުފައްދަވައި އެކުންފުނީގެ ދަށުން އެއާޕޯޓު ހިންގަން ފެށުނެވެ.

1990ގެ ފަހުކޮޅުގައި އެއާޕޯޓު އޮތް ގޮތް --

އެއާޕޯޓުގެ އުމުރާނީ ތަރައްޤީއަށް އެންމެ ފުރަތަަމަ އެންމެ ބޮޑު މަޝްރޫއެއް އިއުލާނު ކުރެވުނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. 78 މިލިއަން ޑޮލަރަށް އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި ހިންގުން، 25 އަހަރު ދުވަހަށް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ހަވާލުކުރުމުން އާއްމު ރައްޔިތުންނާއި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އުފެދިގެން ދިޔައެވެ. އަދި އެކުންފުނީގެ އަތުން އަނބުރާ އެއާޕޯޓު ހޯދަން ދިވެހި ދައުލަތުން އެކުންފުންޏަށް 271 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ.

އެމްޑީޕީ ސަރުކާރުގައި އިބްރާހިމް ނާސިރު އިންޓަރނޭޝަލް އެއާޕޯޓުގެ ނަމަށް އެއާޕޯޓުގެ ނަން ބަދަލުކޮށްފައި ވަނިކޮށް، ވެލާނާ އިންޓަރނޭޝަން އެއާޕޯޓުގެ ނަމަށް އެއާޕޯޓުގެ ނަން ބަދަލުކުރީ ރައީސް ޔާމީނުގެ ސަރުކާރުގައެވެ. އަދި އެއާޕޯޓުގެ ތަރައްޤީއަށް މިހާތަނަށް ހިންގުނު އެންމެ ބިޔަ މަޝްރޫޢުވެސް ހިންގާފައި ވަނީ އެސަރުކާރުގައެވެ. މިގޮތުން އެއާޕޯޓުގެ އައު ރަންވޭ ހަދައި، އައު ފިއުލްފާމެއް ޤާއިމްކޮށް، 7.3 މިލިއަން ދަތުރުވެރިންނަށް ޚިދުމަތްދެވޭ ވަރުގެ ފަސިންޖަރ ޓަރމިނަލެއް ހެދުމުގެ މަސައްކަތް ފަށައި މިހާރު ވަނީ އެމަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައެވެ.

މި ފަންސާސްއަށް އަހަރުގެ ތެރޭގައި ހުޅުލޭ އެއާޕޯޓު އެކި ދުވަސްވަރު އެކި މިންވަަރަށް ތަރައްޤީ ކުރެވިގެން ދިޔައިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ނަމުގައި މިހާރު ހިންގަމުން އަންނަ އެއާޕޯޓަކީ މިއަދު އަހަރެއްގެމައްޗަށް 5 މިިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވެމުން އަންނަ އެއާޕޯޓެކެވެ. އެއާޕޯޓަށް ގެނެވޭ ތަރައްޤީގެ ދުވެލި އަވަސްކޮށް މިހާރު މިސަރުކާރުން އަމާޒު ހިފާފައި ވަނީ އަހަރަކު 25 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެ އެއާޕޯޓަކަށް އެއާޕޯޓު ހެދުމަށެވެ.

ވެލަނާ އެއާޕޯޓުގެ ޚިދުމަތްތަކުގައި އެންމެ ގިނަ ކުރިއެރުންތައް ލިބުނު އަހަރުގެ ގޮތުގައި، ފާއިތުވި އަހަރު ފާހަގަކޮށްލެވެއެވެ.

2023 ވަނަ އަހަރުގެ ތަފާސް ހިސާބު:

އެއަޓްރެފިކްސް މޫވްމެންޓްސް - 62,866

ވީއައިއޭއަށް އައި ފަސިންޖަރުން: 2,865,547 މީހުން

ވީއައިއޭއިން ފުރި ފަސިންޖަރުން: 2,864,799 މީހުން.

ވީއައިއޭއަށް އެއާކާގޯގެ ގޮތުގައި އިމްޕޯޓް ކުރެވުނު މުދާ: 41،179 މެޓްރިކް ޓަން

ވީއައިއޭއަށް އެއާކާގޯގެ ގޮތުގައި އެކްސްޕޯޓް ކުރެވުނު މުދާ: 15،124 މެޓްރިކް ޓަން

ވީއައިއޭއިން ޓްރާސްޝިޕް ކުރެވުނު މުދާ: 7،501 މެޓްރިކް ޓަން

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު ވަޑަިއގެންނެވުމަށް ފަހުގައި، މިހަތަރު މަސްދުވަހުގެ ތެރޭގައި ވަނީ، އެއާޕޯޓު ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނާއި އެކު، އެއާޕޯޓު ތަރައްޤީ ކުރުމުގެ ބިޔަ ބޮޑު މަޝްރޫއެއް އިއުލާނު ކުރައްވާފައެވެ. 

އެއާޕޯޓުގެ ތަރައްޤީއަށް ކުރުމަށް ރޭވިފައިވާ ކަންކަމާއި ގުޅޭ ގޮތުން، މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ވެލާނާ އެއަރޕޯޓަކީ މިސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އެއަރޕޯޓަކަށް ބަދަލުވެގެންދާނެކަމަށެވެ.

"މިތަނަށް ޕަސިންޖަރުން އަންނާނީކީ އޭރުން ހަމައެކަނި ޑެސްޓިނޭޝަނަކަށްދާ ޓްރާންސިޓް ޕޮއިންޓަކަށް ނޫން. މިތަން އެކްސްޕީރިއަންކުރަން އަންނާނެ ޕަސިންޖަރުން ދުނިޔޭގެ އެތައް މިތަނުގައި ތިބޭނެ. މިއާއި ގުޅިފައިވާ ފްރީޒޯނާއި (އެކޮނޮމިކް ފްރީ ޒޯން) ނުނީ ޝޮޕިން، މިކަހަލަ ބައިވަރު އެކްސްޕީރިއަންތަކެއް ހިމެނޭނެ."

އިބްރާހީމް ޝަރީފް މުޙައްމަދު - އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ

ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގު މަސައްކަތަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު މުޅިން އެހެން ހަރުފަތަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.