Advertisement

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

31 May 2024
ޚަބަރު

އެއާޕޯޓު މުވައްޒަފުން ދުންފަތާއި ދުރު ކުރުމަށް ދަމަނަވެއްޓާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މުވައްޒަފުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރަށްދިޔުމަށް، އެހީތެރިވުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށްޓަކައި އެމްއޭސީއެލްއާއި ދަމަވެއްޓާއި ދެމެދު އެބަސްވުމެއްގައި ސޮއެކޮށްފިއެވެ.

އެމް.އޭ.ސީ.އެލްގެ ކޯޕަރޭޓް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމް.އޭ.ސީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އަދި ދަމަނަވެށީގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް ހެލްތް ކޯޑިނޭޓަރ މޫސާ ހަނީފެވެ. 

އެމް.އޭ.ސީ.އެލްއިން ހާމަކުރައްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންދުންފަތުގެ އިސްތިއުމާލް ކުރުމާ ދުރުހެލި އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަޓަކައި މަސައްކަތްކުރެވިގެން ދާނެއެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެހީތެރިވުމަށް މި އެއްބަސްވުމުގެ ތެރެއިން އެމް.އޭ.ސީ.އެލް ގެ އޮކިއުޕޭޝަނަލް ހެލްތް ޓީމުން ދަމަނަވެއްޓާއި ގުޅިގެން ކައުންސެލިން ދިނުމާއި، އެޑިއުކޭޝަނަލް ވޯކްޝޮޕްހިންގުމާއި، ސަޕޯޓު ގުރޫޕް އުފެއްދުމުގެ އިތުރުން ތަފާތު އެކިއެކި ހަރާތްކާތަކުގެ ތެރެއިން ދުންފަތާއި ދުރަށްދިއުމަށް މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައިވެސް އެމް.އޭ.ސީ.އެލްއިން ހާމަކުރެއެވެ.

މި އެއްބަސްވުމުގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ދުންފަތުގެ ނުރައްކަލާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެހުމުގެ މުބާރާތެއް  ވަނީ ބާއްވާފައެވެ. މީގެ އިތުރުން، މުވައްޒަފުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން މުޅި އަހަރަށް ބަހާލައިގެން އެމް.އޭ.ސީ.އެލް އިން ދަނީ އިތުރު ހަރަކާތްތައް ރާވާ ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.