Advertisement

އެއަރޕޯޓް އެމަރޖެންސީ އެންޑް ރެެސިލިއަންސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --

07 May 2024
ޚަބަރު
ޢަލީ ސުލައިމާން

އެއަރޕޯޓް އެމަރޖެންސީ އެންޑި ރެސިލިއަންސް ފޯރަމް ފަށައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކުރިޔަށް ގެންދާ އެއަރޕޯޓް އެމަރޖެންސީ އެންޑް ރެެސިލިއަންސް ފޯރަމް ފަށައިފިއެވެ.

ކްރޮސްރޯޑުގައި އިއްޔެ ފެށި މިފޯރަމް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓްފޯރ ޑިފެންސް މުއާޒް ޙަލީމްއެވެ. ފޯރަމް ފައްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މުއާޒް ވިދާޅުވީ، އެއާޕޯތުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމު ފިޔަވަޅުތަކެއް އެޅިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަން ތަކުގައި، އެމަރޖެންސީ ހާލަތްތަކަށް އަވަހަށް އިޖާބަދިނުން ކަށަވަރު ކުރުމާއި، ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި، ސްޓޭކް ހޯލްޑަރުންގެ މެދުގައި ބަދަހިގުޅުމެއް އޮތުމުގެ މުހިއްމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އައި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ޚިދުމަތްދެވޭ ފަސިންޖަރުންގެ އަދަދު އިތުރުވެ، މުޅި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެއާޕޯޓުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާއިރު، ހުރިހާ މަރުހަލާއެއްގައި ވެސް ސަލާމަތީ ކަންކަން ވަރުގަދަ ކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ، އެއަރޕޯޓް އެމަރޖެންސީ އެންޑް ރެެސިލިއަންސް ފޯރަމް މިއަދު ނިމޭނެއެވެ. މިފޯރަމްގެ މަޤުޞަދަކީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބަ ދިނުމުގައި މިހާރަށްވުރެ ބޮޑަށް ތައްޔާރުވެ، އެކަމަށް ގުޅުން ހުރި ހުރިހާ އިދާރާތަކުން އެކުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމެވެ. މި ފޯރަމްގައި ސެކިއުރިޓީ އާއި އެމަރޖެންސީ ޙާލަތްތަކުގައި އެކިއެކި މުއައްސަސާތަކުން އަދާކުރާ ދައުރާއި ބެހޭ ގޮތުން އެ މުއައްސަސާތަކުން މައުލޫމާތު ހުށައަޅައިދޭނެއެވެ. 

އެއަރޕޯޓް އެމަރޖެންސީ އެންޑް ރެެސިލިއަންސް ފޯރަމް 2024 އަކީ، އެމްއޭސީއެލްއިން ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.