Advertisement

އެމްއޭސީއެލްއިން ކުރިޔަށް ގެންދިޔަ ތަމްރީންގެ ތެރެއިން ---

14 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްއޭސީއެލްއިން ކުރިޔަށް ގެންދިޔަ އެޕްރޯޗް ކޮންޓްރޯލް ސަރވޭލަންސް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސަސް (އެމްނެޓްސް) ގުޅިގެން ކުރިޔަށް ގެންދިޔަ އެޕްރޯޗް ކޮންޓްރޯލް ސަރވޭލަންސް (އައިކާއޯ 054) ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެމްއޭސީއެލް އިން ހާމަކުރައްވާފައިވާ ގޮތުގައި، މި ކޯހަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ސެޓިފައިޑް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ޤަބޫލުކުރާ ފެންވަރުގެ، އެޕްރޯޗް ކޮންޓްރޯލް ސަރވޭލަންސް ކޯހެކެވެ. މީގެ ކުރިން ގްލޯބަސް އެއަރ ޓްރެފިކް ސަރވިސަސްއާއި ގުޅިގެން ކުރިޔަށް ގެންދާ މިކޯހުގައި މިފަހަރު ކިޔަވައި ދެއްވާފައި ވަނީ ދިވެހި އިންސްޓްރަކްޓަރުން ކަމަށާއި، މި ގޮތުން 4 އިންސްޓްރަކްޓަރުން ކިޔަވައިދެއްވާފައިވާއިރު، މިފަހަރުގެ ބެޗްގައި 5 މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފައި ކަމުގައި އެމްއޭސީއެލްއިން ހާމަކުރައްވާފައިވެއެވެ. މިއީ މިފަދަ ކޯހެއް ދިވެހި އިންސްޓްރަކްޓަރުންނާއެކު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުކަމުުގައިވެސް އެމްއޭސީއެލްއިން ވިދާޅުވެފައި ވެއެވެ.

މި ކޯސް ނިންމުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އަދި މޯލްޑިވެސް ނެޝަނަލް އެއަރ ޓްރެފިކް ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޠާހާ އާއި ދެކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވަނީ އެއަރޓްރެފިކް ކޮންޓްރޯލަރުން އަދާކުރާ ވަޒީފާގެ މުހިއްމުކަމާއި އެކަމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މީގެ އިތުރުން އެމްނެޓްސްއަކީ އަލަށް އުފެދުނު ކުންފުންޏަކަށްވުމާއެކު ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަމާމެދުވެސް ވާހަކަ ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްނެޓްސް ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ، މިފަދަ ކޯސްތައް ރާއްޖޭގައި ހިންގުމުގެ ޤާބިލްކަން އެބަހުރިކަމަށާއި އަދި އެކަމުގެ ސަބަބުން މުވައްޒަފުން ތަމްރީންކުރުމަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަކުރެވިފައިވާކަމަށެވެ. އަދި ދިވެހި އިންސްޓްރަކްޓަރުންނާއި އެކު މިކޯސް ފުރިހަމަ ކުރެވުމަކީ މިދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ދުރާލާ ރާވައިގެން ކުރެވުނު މުހިންމު މަސައްކަތުގެ ނަތީޖާކަމަށްވެސް ޠާހާ ވިދާޅުވިއެވެ.

މި ކޯހަކީ ރާއްޖޭގެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީންކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މިފަދަ ތަމްރީނު ހިންގުމަށް މުހިންމު ވަސީލަތެއް ކަމަށްވާ އެއާ ޓްރެފިކް ކޮންޓްރޯލް (އޭ.ޓީ.ސީ) ޓަވަރު ސިމިއުލޭޓަރެއް 2021 ވަނަ އަހަރު ވަނީ އެމް.އޭ.ސީ.އެލްއިން ބޭނުން ކުރަން ފަށާފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރު އެމްއޭސީއެލް އިން ވަނީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯހާއި (އައިކާއޯ 055) އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި އޭވިއޭޝަން ތަމްރީން ކުރިއަށް ގެންދެވުމަކީ އެމް.އޭ.ސީ.އެލްއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމުގައި އެކުންފުނިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.