Advertisement

ފަޔަރ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ޑްރިލްއެއްގެ ތެރެއިން، ފޮޓޯ: އެމްއޭސީއެލް

28 Jun 2024
އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް،27 ޖޫން 2024 - ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހުޅުއްވައިދެއްވައިފިއެވެ. މި ކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މެޖާރ ޖެނެރަލް އިބްރާހީމް ހިލްމީ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އަދި ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތު ފެށުނީ، އެމް.އޭ.ސީ.އެލްގެ ކުރީގެ ފަޔަރ ޗީފް އަލް މަރުހޫމް އަހުމަދު ފަޔާޒުގެ ހަނދާނުގައި ގެނެވުނު ޙާއްސަ ސުކޫތަކަށް ފަހުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ކުރައްވާ ޤައުމީ ޚިދުމަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފަޔަރ ފައިޓަރުންނަށް ބޭނުންވާ ތަރައްޤީއާއި ވަޞީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

ފަޔާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވާހަކަފުޅު ދައްކަވަނީ

އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް  މުޙައްމަދުގެ ވާހަކަފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަމާއި ދުރު ވިސްނުންފުޅު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު ދެންނެވިއެވެ.

މީގެ އިތުރުން އެމް.ޑީގެ ވާހަކަފުޅުގައި ފަޔަރ ފައިޓަރުންގެ ޓީމްގެ ޤާބިލްކަމާއި އަލަށް ހުޅުވުނު ފަޔަރ ސްޓޭޝަނާއިއެކު ހާދިސާތަކަށް ރެސްޕޮންޑް ކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިސަރަޙައްދުގައިވެސް އަންހެން ފަޔަރ ފައިޓަރުން ޚިދުމަތާއި ގުޅުނު ފުރަތަމަ އެއަރޕޯޓްކަން ފާގަކުރައްވައި އެބޭފުޅުންނަށް މަރުހަބާއާއި ޝުކުރު ދެންނެވިއެވެ.

އެމް.ޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމް.އޭ.ސީ.އެލުން މަސައްކަތް ކުރަމުންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އިންޑަސްޓްރީ - ޓުއަރިޒަމް އިންޑަސްޓްރީއާއި ފައިހަމަ ކުރެވޭ ފެންވަރުގެ ޚިދުމަތެއްދޭ ތަނަކަށް ހެދުމަށެވެ. އަދި އައު ފެސިލިޓީ ތަކާއެކު މިކަން ޙާސިލު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްތައް ހިންގަވާ ކޮންޓްރެކްޓަރުންނާއި އެއަރޕޯޓްގައި ޚިދުމަތްދޭ ވިޔަފާރީގެ ބައިވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ.

މިއަދު ހުޅުވި އައު ފަޔަރ ސްޓޭޝަނުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ. މި ސްޓޭޝަނަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ އެއަރޕޯޓް ފަޔަރ ރެސްކިއުގެ ކެޓަގަރީ 9 ގެ އެއަރޕޯޓު ޝަރުތުތައް ފުރިހަމަވެފައިވާ އަދި އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތް ހުޅުވިގެންދިޔަ ސްޓޭޝަނެއެކެވެ. 2230 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ފެސިލިޓީއަކީ ރަންވޭ، އިރުމަތީ އޭޕްރަން، ވޯޓަރ އޭރޯޑްރޯމްގެ މައި ރެސްޕޮންޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފެސިލިޓީއެވެ. 

އައު ފަޔަރ ސްޓޭޝަންގައި މުވައްޒަފުންނާއި، ތަމްރީންތަކަށް އަދި ކޮންޓްރޯލް ސެންޓަރު ހިމެނޭހެން 2 ފަންގިފިލާގެ އިމާރާތެއް ވަނީ ގާއިމު ކޮށްފައެވެ.

އައު ފަޔަރ ސްޓޭޝަން ހުޅުވައި ޚިދުމަތްދޭން ފެށިނަމަވެސް، ކުރީގައި ބޭނުންކުރާ ފަޔަރ ސްޓޭޝަންގެ ޙިދުމަތްވެސް ދެމުން ދާނެއެވެ. އެގޮތުން ޓެކްސީވޭ އަދި ހުޅަނގުފަރާތު އޭޕްރަން، އަދި އޮފީސް އިމާރާތްތަކުގެ އިމަރޖެންސީގައި ހަރަކާތްތެރިވާނީ ކުރީގެ ފަޔަރ ސަޓޭޝަނުންނެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް މިހާރު ކުރިޔަށްދާ މަޝްރުޢޫގެ ދަށުން މިހާތަނަށް އައު ކޯޑް-އެފް ރަންވޭ އަކާއި، އައު ސީޕްލޭން ޓަރމިނަލަކާއި، އައު ކަރގޯ ޓަރމިނަލަކާއި، އައު ވީ.އައި.ޕީ / ސީ.އައި.ޕީ ޓަރމިނަލަކާއި، އައު ފިޔުލް ފާމެއްގެ ޚިދުމަތްތައް ވަނީ ތަޢާރަފް ކުރެވިފައެވެ. މިއަދު ހުޅުވުނު އައު ފަޔަރ ސްޓޭޝަނަކީ މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ޚިދުމަތްދޭން ފެށުނު ތަނެވެ. އަދި އެމް.އޭ.ސީ.އެލް އިން މިހާރު މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ނިޔަލަށް އައު ޓަރމިނަލްގެ ބައެއް ޚިދުމަތްތައް ފަށައިގަތުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.