ރައީސާއި ނައިބު ރައީސް މަޤާމުން އަޒުލު ކުރުން ފަސޭހަކޮށް މަޖިލީހުގެ ޤަވާއިދު ބަދަލުކޮށް ކޮމިޓީން ފާސްކޮށްފި
އާއްމު ކޮމިޓީން ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ، 41 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކަށެވެ. މިގޮތުން މައިގަނޑުގޮތެއްގައި ގެނެސްފައިވާ ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމާއި ގުޅޭ އިޖުރާއަތްތައް ހިންގުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރުމެވެ. އަދި މަޖިލީހުން އެފަދަ ވޯޓެއް ނަގާއިރު، މެމްބަރުންގެ އަދަދާއި ފާސްވުމަށް ބޭނުންވާ އަދަދާއި އަޣުލަބިއްޔަތު ކަނޑައެޅުމުގައި އެވަގުތަކު މަޖިލީހުގައި މެމްބަރުން ތިއްބެވި ޢަދަދުގެ މައްޗަށް ކަންކަން ތަރުތީބު ކުރުންވެސް ހިމެނެއެވެ.